ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ: އުރުދުޣާން
ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ ކަމަށް ވިދާޅުވެ ރައީސް އުރުދުޣާން ވަރުގަދަ އިންޒާރެއް އިސްރާއީލަށް ދެއްވައިފިއެވެ. ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ލިބިޔާ އަދި ނަގޯރްނޯ-ކަރަބާޚްއަށް މީގެ ކުރިން ވެސް ތުރުކީން ވަދެފައިވާ ފަދައިން އިސްރާއީލަށް ވެސް ވަދެދާނެ ކަމަށެވެ. ނަމަވެސް އެ ވަނުމަކީ ކޮން ބާވަތެއްގެ ވަނުމެއްކަން އެމަނިކުފާނު ސާފުކޮށް ވިދާޅެއް ނުވިއެވެ. “އަހަރުމެން ވަރަށް ވަރުގަދަ ވާން ޖެހޭ. އެއީ އިސްރާއީލުން ފަލަސްޠީނަށް މިކުރާ ބޭއަދަބީ ކަނ...