ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން ބިން ހަވާލުކޮށްފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން ކޮންޓްރެކްޓަރާ ބިން ހަވާލުކޮށްފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަންގ، (އެޗް.ޑީ.ސީ)ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވިގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކޮންޓްރެކްޓަރާ ބިން ހަވާލުކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އެޅު...