ސަކާގެ ލަނޑާއެކު ވިލާ ބަލިކޮށް އާސެނަލުން ފެށުން ފުރިހަމަކޮށްފި
އިންގްލިޝް ޕްރިމިއާ ލީގުގައި ހޯމަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާސެނަލުން ލީގުގެ ފެށުން ފުރިހަމަކޮށްފިއެވެ. މި މެޗުގައި އާސެނަލް މޮޅުވި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 59 ވަނަ މިނެޓުގައި ބުކާޔޯ ސަކާއެވެ. މި މޮޅާއެކު އާސެނަލް ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ހަތަރު ޓީމުގެ ތެރޭގައި ހިމެނިފައެވެ. އަނެއްކޮޅުން، ކޯޗު އުނައި އެމެރީގެ […]