ދެ އަހަރަށްފަހު ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ފިޒިކަލް ކްލާސްތައް ފަށައިފި
އިސްރާއީލުގެ ޤަތުލުއާންމުގެ ސަބަބުން ކުރިމަތިވި މަޖުބޫރީ ހާލަތާއެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑާލުމަށްފަހު، ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ދަރިވަރުން ހާޒިރުކޮށްގެން އަލުން ކިޔަވައިދޭން ފަށައިފިއެވެ. އިސްރާއީލުން ގަސްދުގައި ދިން ހަމަލާތަކުގައި ވަނީ ޣައްޒާގެ ތަޢުލީމީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް އިމާރާތްތަކެއް ހަލާކުވެފައެވެ. ހަނގުރާމައިގެ އަސަރުތައް އަދިވެސް ފެންނަން ހުރިއިރު، އެތައް ސަތޭކަ ދަރިވަރުން ވަނީ މަރާމާތުކުރެވިފައިވާ، ނަމަވެސް ފާރުތަކުގައި ރެނދުލާފައިވ...