ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ: މެޓް
ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސްވެފައިވާއިރު، މެޓުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު އާންމު ގޮތެއްގައި ރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކަށް ވައި ބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ...