ވިއްސާރައާއި ގުޅިގެން އަތޮޅުތެރޭގެ ހާލަތު ދަނީ މޮނިޓަރ ކުރަމުން: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަތޮޅުތެރޭގެ ހާލަތު މޮނިޓަރކުރަމުން އަންނަކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްރަށަށް ފެންބޮޑުވި ނަމަވެސް ބޮޑު ހާދިސާއެއް އެއްވެސް ރަށެއްގައި ހިނގިކަމުގެ މަޢުލޫމާތު އަދި ލިބިފައިނުވާކަމަށް އެއޮތޯރިޓީއިން ހާމަކޮށްފައިވެއެވެ. ހުޅަނގު މޫސުމުގެ ވައި ގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވައި ގަދަވެ ވިއްސާރަވަމުންކަމަށާއި، މިވިއްސާ ކުރިއަށް އޮތް 24 ގަިއިރުވެސް ރާ...