އެމްޑީއެން އުވާލުމުން ހދ އަތޮޅު ކައުންސިލުން ރައީސް ސޯލިހަށް ޝުކުރުދަންނަވައިފި
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) އުވާލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހދ އަތޮޅު ކައުންސިލުން ޝުކުރު ދަންނަވައިފިއެވެ. ހދ އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމް.ޑީ.އެން) އިން ނެރުނު “ޕްރެލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން” ރިޕޯރޓްގައި މާތްވެގެންވާ އިސްލާމް ދީނަށާއި، މި އުންމަތުގެ މާތް ނަބިއްޔާ މުޙަންމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަށް ފުރައްސާރަ ކޮށް، ރިޕޯޓް ތައްޔާރު ކުރި ޖަމްޢިއްޔާ އުވާ...