މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ލާދީނީ ޓެރަރިސްޓު އެމްޑީއެންގެ ގެ ސައިތާނީ ރިޕޯޓު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ތަކެއް ނަގަން އުޅުނުނަމަވެސް އެކަމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ، އެފަދަ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

Ad
rt

އެމްޑީއެން އާއި ހެދި ރައްޔިތުންނާއި ސަރުކާރާއި ޖެހި، ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ގައުމު ވެއްޓިފައިވާކަމަށާއި ލަސްނުކޮށް އެމްޑީއެން އުވާލަން ޖެހޭ ކަމަށްވެސް ޑރ އިޔާޒު ވަނީ ވިދާޅުވެފައެވެ.

އެމްޑީއެންގެ ރިޕޯޓު ތަހުގީގުކޮށް ނިންމައި އެ ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރަށްސާރަ ކޮށްފައިވާކަމަށް ޔޫތު މިނިސްޓްރީ އަށް މިހާރު އަންގަވާފައި ވާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ އިތުރުން ވަރަށް ގިނަ ކައުންސިލް ތަކަކުންވަނީ އެމްޑީއެން އުވާލަން ގޮވާލައިފައެވެ.

ޔޫތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުންދާތީވެ އެމްޑީއެން ސަސްޕެންޑް ކޮށްފައިވާކަމަށެވެ.