މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ޔޫތު މިނިސްޓްރީއަށް އަންގަވައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ތަހުނީނުކުރުމުގެ ގޮތުން ފާޑު ކިޔާފައިވާކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ފެންނަކަމަށް ފުލުހުންގެ ފަރާތުން ޔޫތު މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

Ad
rt

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން 100 އަށްވުރެ ގިނަ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ބަޔާންތައް ނެރިފައެވެ. ދީނީ އިލްމުވެރިން މިހާރުވެސް ގެންދަވަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

ޔޫތު މިނިސްޓްރީން ކުރިން ބުނެފައިވަނީ މައްސަލަ ތަހްގީގު ކުރަމުންދާތީވެ އެޖަމިއްޔާ ސަސްޕެންޑް ކޮށްފައި ވާކަމަށް ބުނެފައެވެ. އަދި މި މަހު ކުރީ ކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.