މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

192 Stories filed
ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި
Raajje

ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ޤައުމަކަށް ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސް މުޢިއްޒު ތިން ސަފީރުން ޢައްޔަނުކުރަށްވާފައި ވަނީ ބަންގްލަދޭޝް އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށާއި، ތުރުކީވިލާތަށާއި އަދި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށެވެ. މިގޮތުން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު ވަނީ ޢައްޔަނުކުރަށްވާފައެވެ. ރިޕަބ...

ރާއްޖެ އިން ސަމާއޯ އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ރާއްޖެ އިން ސަމާއޯ އެއްބަސްވުމުގައި ސޮއިކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެކުލަވާލައިފައިވާ “”ޕާޓްނަރޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަރ ޕާޓް” ނުވަތަ “ސަމޯއާ އެގްރީމަންޓް” ގައި […]

ތުރުކީ ސަފީރަކަށް އަބްދުއްރަހީމް، ޕާކިސްތާނަށް ތޯހާ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި
Parliament

ތުރުކީ ސަފީރަކަށް އަބްދުއްރަހީމް، ޕާކިސްތާނަށް ތޯހާ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ރާއްޖޭގެ ފަރާތުން ދެ ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނިންމާފައި ވަނީ ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރަން ފެންނަ ކަމަށެވެ. އަދި ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނުގެ ސަފީރު […]

ޒަމީރު، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
Raajje

ޒަމީރު، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ބޮޑު ވަޒީރު ދިނޭޝް ގުނަވަރްދަނާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ޒަމީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ ބޮޑުވަޒީރާ އެކުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން ބަހަދިކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ލަންކާ އާއި ރާއްޖެއަކީ ގާތް ރަހުމަތްތެރި ދެ ގައުމުކަމަށާއި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ބަދަހިކަމާއެކުގައި ދެމެހެއްޓުމަށް ކުރެވިދާނ...

ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ: ޚާރިޖީ ވުޒާރާ
Raajje

ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ: ޚާރިޖީ ވުޒާރާ

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސް، އެކަން އާންމުކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޚާރިޖީ...

އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
Raajje

އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފިއެވެ. ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ […]

އެމްއެންޑީއެފްގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ
Raajje

އެމްއެންޑީއެފްގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ

ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މިއީ ރާއްޖޭގެ ފަރާތުން ތުރުކީ އަށް ސަފީރަކު ކަނޑައަޅާ ފުރަތަމަ ފަހަރެވެ. ސިފައިންގޭގައި 39 އަހަރު ހިދުމަތް ކުރެއްވުމަށް ފަހުގައި އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގައެވެ. ތުރުކީ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރައްވަން ނިންމަވާފައިވާ އިރު، މިހާރު އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަ...

އަބޫދާބީ ފަންޑުގެ އެހީ ރާއްޖެއަށް ހޯދަން މަޝްވަރާކޮށްފި
Raajje

އަބޫދާބީ ފަންޑުގެ އެހީ ރާއްޖެއަށް ހޯދަން މަޝްވަރާކޮށްފި

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އަބޫދާބީ ފަންޑުގެ އެހީ ހޯދުމަށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު މަޝްވަރާކޮށްފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިވަގުތު ހުންނެވީ ޔޫއޭއީގައެވެ. ޒަމީރުގެ މި ދަތުރުފުޅުގައި ވަނީ ބޫދާބީ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ސައިފް އަލް ސުވައިދީ އާ އިއްޔެ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. Had a constructive discussion with H.E. Mohamed Saif Al […]

ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާ އަށް
Raajje

ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާ އަށް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަމީރު އިންޑިއާ އަށް ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މިއީ މިދިޔަ ނޮވެމްބަރު 17 ގައި ރާއްޖޭގައި އާ ސަރުކާރެއް އެކުލަވާލި ފަހުން ރާއްޖޭގެ ވެރިއަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.   އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މި...

ޚާރިޖީ ވަޒީރު ޒަމީރު ސައުދީއަށް
Raajje

ޚާރިޖީ ވަޒީރު ޒަމީރު ސައުދީއަށް

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ވަޒީރު ޒަމީރު ސައުދީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގައި ބާއްވާ “ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް” ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރުގަދަކުރުމާއި ގުޅޭގޮތުން މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގ...

ރަޝިއާ އަށް ދިން ޓެރަރިސްޓް ހަމަލާ ރާއްޖެ އިން ކުށްވެރިކޮށްފި
Raajje

ރަޝިއާ އަށް ދިން ޓެރަރިސްޓް ހަމަލާ ރާއްޖެ އިން ކުށްވެރިކޮށްފި

ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިއަށް ގެންދިޔަ ކޮންސާޓަކަށް ރޭ ދިން ޓެރަރިސްޓު ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރޮކަސް ސިޓީ ކޮންސަޓް ހޯލަށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރަޝިއާ ސަރުކާރަށާއި ރައްޔިތުންނަށާއި ހާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށް ވެސް އެ ޕޯސްޓުގައި ޒަމީރު ވަނީ ވިދާޅުވެފައެވެ. Strongly condemn […]

މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން އެއްބަސްވެއްޖެ
Raajje

މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ “ހައި ލެވެލް ކޯ ގްރޫޕް” ގެ ދެވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ވަނީ ބާއްވައިފައެވެ. އެ ބައްދަވުމުގައި ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ވަފްދެއް އިންޑިއާ އަށް ވަނީ ގޮސްފައ...

70 މެންބަރުންގެ ވޯޓާއެކު ޒަމީރަށް ރުހުން ދީފި
Parliament

70 މެންބަރުންގެ ވޯޓާއެކު ޒަމީރަށް ރުހުން ދީފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޚާރިޖީ ވަޒީރު ޒަމީރަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މޫސާ ޒަމީރަށް ރުހުން ނެތްކަމަކަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އަދި […]

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
Raajje

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރާ އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ވަނީ ވަކިވަކިން ފޮނުއްވި މެސެޖުތައް މެދުވެރިކޮށް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދ...

ރާއްޖެ އަންނަ ޗައިނާގެ އުޅަނދު އެއްވެސް ދިރާސާއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ
Raajje

ރާއްޖެ އަންނަ ޗައިނާގެ އުޅަނދު އެއްވެސް ދިރާސާއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ޗައިނާގެ ދިރާސާކުރާ ބޯޓެއް ރާއްޖެއަށް އައި ނަމަވެސް އެ ބޯޓަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ ޗައިނާ ސަރުކާރުން  އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާތީ ކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މ...