މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

192 Stories filed
ދިވެހިންނަށް ޗައިނާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދެނީ
Raajje

ދިވެހިންނަށް ޗައިނާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދެނީ

ކޯވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ...

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
Raajje

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އޭނާއަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ. ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެގެ ފޮރިން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޗައިނާގެ ފޮރިން މިނ...

ފޮރިން ސާވިސްއަކީ ވަކި ޚިދުމަތެއް ގޮތުގައި ކަނޑައަޅާ ބިލު ތަސްދީޤު ކުރައްވައިފި
Raajje

ފޮރިން ސާވިސްއަކީ ވަކި ޚިދުމަތެއް ގޮތުގައި ކަނޑައަޅާ ބިލު ތަސްދީޤު ކުރައްވައިފި

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޛުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު “ދިވެހިރާއްޖޭގެ ފޮރިން ސަރވިސް” ގެ ނަމުގައި، ދިވެހ...

ތަޖިކިސްތާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދެނީ
News

ތަޖިކިސްތާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދެނީ

އަންނަ 2022 ވަނަ އަހަރުން ފެށިގެން ތަޖިކިސްތާނަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. އޮން އެރައިވަލް ވިސާ ދިވެހީންނަށް ލިބޭ ގޮތް ހަމަޖައްސައި ދެއްވުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވައިފިއެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާ ދޭން ނިންމި ނިންމުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެ ކަމަށެވެ. އެގޮތުން ސަގާފީ ގުޅުންތަކުގެ […]

އިންޑިއާ ވިސާ ހޯދުމަށް ހުރި ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ: ޝާހިދު
Raajje

އިންޑިއާ ވިސާ ހޯދުމަށް ހުރި ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ: ޝާހިދު

ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދިއުމަށް ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމަށް ކުރިމަތިވަމުން އަންނަ ތަކުލީފުތައް އެނގިވަޑައިގަންނަވާކަމަށާއި، އެކަމަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ، ކޯވިޑްގެ ސަބަބުން އިންޑިއާ ބަންދުކޮށްފައި އޮތުމުން ދިވެހިންނަށް މިހާރު ވިސާ ދެމުން އަންނަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން ކަމ...

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި
Raajje

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި

އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝާހިދު، ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްޙަބާ ދެންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރުގެ އިތުރުން ފޮރިން މިނިސްޓްރީ ބައެއް އިސްވެރިންނެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް،...

ޖަޕާނުން ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފި
Raajje

ޖަޕާނުން ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފި

ދުނިޔޭގެ ފަގީރު އަދި މެދު ފަންތީގެ ގައުމްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާނުން ރާއްޖެއަށް ލައްކަ އަކަށް ވުރެ ގިނަ ޑޯޒު ވެކްސިން ހަދިޔާ ކޮށްފިއެވެ. ޖަޕާނުން ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ 112،000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިނެވެ. މި ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާނުގެ “ލާސްޓް ވަން މައިލް ސަޕޯޓް”ގެ ދަށުންނެވެ. ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަ...

ޝާހިދުގެ ޗެފް ޑި ކެބިނެޓް މަގާމަށް އިންޑިއާގެ ޑެޕިޔުޓީ އެމްބެސެޑަރު
Raajje

ޝާހިދުގެ ޗެފް ޑި ކެބިނެޓް މަގާމަށް އިންޑިއާގެ ޑެޕިޔުޓީ އެމްބެސެޑަރު

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދުގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ޑެޕިޔުޓީ ޕާމަނަންޓް ރެޕްރެޒެންޓިވް ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ. އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ މި ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި […]

ކަރަންޓީނު މުއްދަތަށް ބަދަލު ގެނެސްފައިވާތީ ލަންކާއަށް ދަތުރުކުރާނަމަ ސަމާލުވާން އެދެފި
Raajje

ކަރަންޓީނު މުއްދަތަށް ބަދަލު ގެނެސްފައިވާތީ ލަންކާއަށް ދަތުރުކުރާނަމަ ސަމާލުވާން އެދެފި

ސްރީލަންކާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، އެގަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކަރަންޓީން އުސޫލަށް ބަދަލުގެނަސްފައިވާތީ އެކަމަށް ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އެދިއްޖެއެވެ. މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް ދަތުރުކުރާ ފަރާތްތައް، ލަންކާ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ހޮޓަލެއް ނުވަތަ ކަރަންޓީން ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ލެވެލް 1ގެ ހޮޓަލެއްގައި 14 ދުވަހު ކަރަންޓީންވާންޖެހޭނެ ކަމަށް ލަންކާ ސަރުކާރުންފަވާކަމަ...

ޝާހިދު ކުވައިތަށް ފުރާވަޑައިގެންފި
Raajje

ޝާހިދު ކުވައިތަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ކުވައިތަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ.އަހްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް އަލް ޖާބިރު އަލް ސަބާޙް އާއި އެޤައުމުގެ އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި...

އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި
Thiladhunmathi News

އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި އެވެ. އަފީފުއްދީން ސްކޫލްގެ އިތުރުން ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ވެސް ވަނީ “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކޮށްފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގާއިމުކުރެވުނު މި “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ...

ޝާހިދު އިންޑިއާގައި، 33 ގައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފި
Raajje

ޝާހިދު އިންޑިއާގައި، 33 ގައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ޖުމްލަ 33 ގައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރު ޝާހިދު ދިއްލީގައި ތިއްބަވާ 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާ ބައްދަލު ކުރަށްވާފައިވާއިރު، އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ. ޝާހިދު ވަނީ، އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިސް ބޭފުޅުންނާއ...

މަރާމާތަށްފަހު ފިޔަވަތި ހުޅުވައިފި
Raajje

މަރާމާތަށްފަހު ފިޔަވަތި ހުޅުވައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ވަރޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުން އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަން ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމ...

ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ
Raajje

ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ

ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް އިތުރު 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭންގް ލިޖޮންގް، ހުސްވި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ވަނީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން، އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ އިއްޔެ، […]

''ކޯވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ ޓީމެއް ރާއްޖެއަށް
Raajje

''ކޯވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ ޓީމެއް ރާއްޖެއަށް

“ކޯވިޑް-19 ދިފާޢު” ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ. ބަންގްލަދޭޝްގެ މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއަރ އެޑްމިރަލް (ރޓ) ނަޒްމުލް ޙަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން...