ސްރީލަންކާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، އެގަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކަރަންޓީން އުސޫލަށް ބަދަލުގެނަސްފައިވާތީ އެކަމަށް ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އެދިއްޖެއެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް ދަތުރުކުރާ ފަރާތްތައް، ލަންކާ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ހޮޓަލެއް ނުވަތަ ކަރަންޓީން ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ލެވެލް 1ގެ ހޮޓަލެއްގައި 14 ދުވަހު ކަރަންޓީންވާންޖެހޭނެ ކަމަށް ލަންކާ ސަރުކާރުންފަވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
އަދި، އެގައުމަށް ދަތުރުކުރާ 12 އަހަރުން މަތީ ފަރާތްތައް ދޫކުރެވޭނީ 14 ދުވަހަށްފަހު ހަދާ އެގްޒިޓް ޕީސީއާރް ޓެސްޓް ނެގެޓިވްވުމުންނެވެ. ނަމަވެސް، ހޮސްޕިޓަލާއި ލަންކާ ހެލްތް މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުން ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލްގައި ކަރަންޓީންވެވޭވެނެވެ.
އެހެންކަމުން ސްރީލަންކާގެ ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލުތަކަށް ސަމާލުވުމަށް، ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ އެދެފައެވެ. އަދި، މި އުސޫލުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުުން ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް އެވުޒާރާއިން އެދެއެވެ.
ލަންކާއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފަ ވަނީ 138,085 މީހުންނެވެ. އެގައުމުން މި ބަލީގައި މިހާތަނަށް މަރުވީ 923 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!