ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިސްނަގައިގެން މެދު ޒިޔާރަތް ސާފުކޮށް، ކުލަ ލުމުގެ ހަރަކާތެއް ހިންގައިފި އެވެ.

އިއްުޔެ ހެނދުނު ހިންގި މި ހަރަކާތާއި ގުޅޭގޮތުން އެ މަރުކަޒުން ވިދާޅުވެފައި އެ މަރުކަޒުގެ މުވައްޒަފުން ނުކުމެ، މެދު ޒިޔާރަތް ސާފުކޮށް، ކުލަ ލުމުގެ ހަރަކާތެއް ހިންގާފައިވާ ކަމަށެވެ. އަދި މި ހަރަކާތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުން ވެސް ބައިވެރިކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.

Ad
rt

އެ އަރުކަޒާއި، ސަރުކާރުގެ އެކު މުވައްސަސާތަކުން ދޭތެރެ ދޭތެރެއިން އަންނަނީ ރާއްޖޭގައި ހުރި އާސާރުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ނެވެ.

އެގޮތުން މާލޭގެ ހުކުރު މިސްކިތާއި މުންނާރު އަދި މެދު ޒިޔާރަތް ފަދަ ތަންތަނުގެ އާބާތުރަ ފިލުވައި، ކުލަ ލުން ފަދަ ކަންކަން އަންނަނީ ކުރައްވަމުން ނެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ހުރި މި ފަދަ އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް ގެންދަވަނީ ކުރައްވަމުން ނެވެ.