އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޑޭވިޑް ޖެސެޕް، ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އާއި ކުރައްވައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ވަނީ ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެ ޤައުމަށް ލިބިފައިވާ މުއްސަނދިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ސަފީރު ދެއްވިކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ޑޭވިޑް ޖެސެޕް ވަނީ، އޮސްޓްރޭލިޔާގެ ސަގާފަތާއި ތަރިކަ ދައްކުވައިދޭ މައުރަޒެއް މިދިޔަ ޖަނަވަރީ މަހު ނެޝަނަލް އާރޓް ގެލެރީގައި ފުރަތަމަ ފަހަރަށް ބޭއްވިފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ ދެ ޤައުމުގެ ސަގާފީ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ސަގާފީ ފަތުރުވެރިކަން އިޝްތިހާރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ސަފީރު ވަނީ ވިދާޅުވިއެވެ.
މިގޮތުން، ރާއްޖޭގެ ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެއަރލައިންތަކާ މަޝްވަރާކުރައްވައިގެން ކުރެވެން ހުރި ކަންކަން ބައްލަވާނެ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިކަމަށް ވެސް ފައްނިއްޔާބެހޭ ވުޒާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!