މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް

300 Stories filed
ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ސްޕެއިންގެ ކިއުބާސީ ހޯދައިފި
Sports

ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ސްޕެއިންގެ ކިއުބާސީ ހޯދައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ޝަރަފުވެރި އެވޯޑް ސްޕެއިންގެ ޒުވާން ޑިފެންޑަރު ޕާއު ކިއުބާސީ ކާމިޔާބުކޮށްފިއެވެ. އުމުރުން އެންމެ 19 އަހަރުގެ ކިއުބާސީ ވަނީ މި މުބާރާތުގައި ސްޕެއިންގެ ފަހަތް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައެވެ. ފައިނަލްގައި އިތުރު ވަގުތު ކުޅެގެން 1-0 އިން އާޖެންޓީނާ ބަލިކޮށް، ސްޕެއިން އިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު، ކިއުބާސީގެ ހިއްސާ ބޮޑެވެ. މި މުބާރާތުގައި ކިއުބާސީ […]

ސްޕޭނުން ދުނިޔޭގެ ޝަރަފްވެރި ތަށި ދެވަނަ ފަހަރަށް އުފުލާލައިފި
International

ސްޕޭނުން ދުނިޔޭގެ ޝަރަފްވެރި ތަށި ދެވަނަ ފަހަރަށް އުފުލާލައިފި

މުޅި ދުނިޔެ އާސޯޚްކޮށްލި ފޯރިގަދަ ފައިނަލް މެޗުގައި، އާޖެންޓީނާ ބަލިކޮށް ސްޕޭނުން ދުނިޔޭގެ ފުޓްބޯޅަ ތަށި (ވޯލްޑް ކަޕް) ދެވަނަ ފަހަރަށް އުފުލާލައިފިއެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ސްޕޭނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ސްޕޭނަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ފައިނަލް ބައްލަވާލަން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަޑައިގެންނެވިއެވެ....

ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސްޕޭންގެ ރޮޑްރީ ހޯދައިފި
Sports

ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސްޕޭންގެ ރޮޑްރީ ހޯދައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، ދުނިޔޭގެ ރަސްކަން ސްޕެއިނުން ދެވަނަ ފަހަރަށް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ދޭ “އެޑިޑާސް ގޯލްޑަން ބޯލް” އެ ގައުމުގެ މެދުތެރޭގެ ތަނބު، ރޮޑްރީ ކާމިޔާބުކޮށްފިއެވެ. ސްޕެއިންގެ “ލާ ރޯހާ” ޓީމުގެ ހިތުގެ ގޮތުގައި ބެލެވޭ ރޮޑްރީ މި ޝަރަފުވެރި އެވޯޑު ހާސިލްކުރީ މުޅި މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާއި، ޓީމު ރޭވުމުގައި އަދާކުރި މުހިންމު ދައުރަށް ބަލާފައެވެ. ފައިނަލް މެޗުގައި އާޖެންޓީނާއާ ބައްދަލުކޮށް، […]

ވޯލްޑް ކަޕްގެ ރަން އަންގި ސްޕެއިންގެ ކީޕަރު ސިމޯން ކާމިޔާބުކޮށްފި
Sports

ވޯލްޑް ކަޕްގެ ރަން އަންގި ސްޕެއިންގެ ކީޕަރު ސިމޯން ކާމިޔާބުކޮށްފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށްދޭ “އެޑިޑާސް ގޯލްޑަން ގްލޯވް” އެވޯޑް ސްޕެއިންގެ ގައުމީ ޓީމުގެ ކީޕަރު އުނާއި ސިމޯން ރަސްމީކޮށް ކާމިޔާބުކޮށްފިއެވެ. ސްޕެއިން މިފަހަރުގެ ތަށި އުފުލާލުމުގައި ސިމޯންގެ ދިފާއީ ހުށިޔާރުކަން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި މުބާރާތުގައި ސިމޯން ވަނީ ތާރީޚީ އެތައް ރެކޯޑުތަކެއް މުގުރާލާފައެވެ. އެގޮތުން އެއް މުބާރާތެއްގައި އެންމެ ގިނަ “ކްލީން ޝީޓް” ނުވަތަ ބައިކޮޅަށް ލަނޑެއް ވަނަނުދީ […]

އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދައި ތާރީޚުގެ ތެރެއަށް
Sports

އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދައި ތާރީޚުގެ ތެރެއަށް

މިފަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން އާޖެންޓީނާ 1-0 އިން ބަލިވި މެޗުގައި ލިއޮނަލް މެސީއަށް ލަނޑެއް ނުޖެހުމާއެކު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު (ގޯލްޑަން ބޫޓް) ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްފިއެވެ. މިއީ އެމްބާޕޭ މި ޝަރަފުވެރި އެވޯޑު ހޯދި ދެވަނަ ފަހަރެވެ. މި މުބާރާތުގައި ހަތަރުވަނަ ހޯދި ފްރާންސް ޓީމަށް އެމްބާޕޭ ވަނީ ޖުމްލަ 10 ލަނޑު ޖަހައިދީ، ހަތަރު އެސިސްޓް ހަދައިދީފައެވެ. އަނެއްކޮޅުން […]

އާޖެންޓީނާ އަށް ނޭވާލާން ވެސް ފުރުސަތެއް ނުދީ ސްޕޭނުން ވޯލްޑް ކަޕް ކާމިޔާބުކޮށްފި
Sports

އާޖެންޓީނާ އަށް ނޭވާލާން ވެސް ފުރުސަތެއް ނުދީ ސްޕޭނުން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

2026 ވަނަ އަހަރުގެ ފޯރިގަދަ ވޯލްޑް ކަޕް ފައިނަލްގައި، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށް، ސްޕެއިނުން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒް ޖަހައިދިން ލަނޑާއެކު ސްޕެއިން މޮޅުވީ 1-0 އިންނެވެ. މި މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނުނީ އުންމީދު ކުރިވަރުގެ […]

ބަލިނުވެ 37 މެޗު ކުޅެފައިވާ ސްޕޭން ތަށި ހޯދަން ނުކުންނައިރު އާޖެންޓީނާ ތަށި ދިފާއުކުރުމުގެ އަޒުމުގައި
Sports

ބަލިނުވެ 37 މެޗު ކުޅެފައިވާ ސްޕޭން ތަށި ހޯދަން ނުކުންނައިރު އާޖެންޓީނާ ތަށި ދިފާއުކުރުމުގެ އަޒުމުގައި

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގެ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި މެސީ، ވަރުގަދަ ސްޕެއިންއާ ދެކޮޅަށް ނުކުތުމަށް މިވަނީ ވަގުތު ކުޑަތަންވެފައެވެ. ފަހަކަށް އައިސް ކަންކަން ހިނގަމުން އައި ގޮތަށް ބަލާއިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާއި ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ޓީމު، މި ކުޅިވަރުގެ އެންމެ ބޮޑު މައިދާނުގައި އަންދާޒާ ކުރެވުނު ފަދައިން ބައްދަލުކުރަން މިވަނީ މަގުފަހިވެފައެވެ. މެސީއާއި އާޖެންޓީނާ އާދީއްތަ ދުވަހު ނުކުންނާނީ 2024 ވަނަ އ...

މެސީ އާއި ދެކޮޅަށް ނުކުންނައިރު ކުރެވޭ އިހުސާސްތައް ބަޔާންކޮށްދޭން ދަތި: ޔަމާލް
Sports

މެސީ އާއި ދެކޮޅަށް ނުކުންނައިރު ކުރެވޭ އިހުސާސްތައް ބަޔާންކޮށްދޭން ދަތި: ޔަމާލް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފުޓްބޯޅައިގެ ލެޖެންޑް ލިއޮނަލް މެސީއާ ދެކޮޅަށް ނުކުތުމަކީ ގަބޫލުކުރަންވެސް ދަތި، ހުވަފެނީ ކަމެއްގެ ގޮތުގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ސިފަކޮށްފިއެވެ. މި ތާރީޚީ ކުރިމަތިލުމާ ގުޅޭގޮތުން ބޭރުގެ ބައެއް ނޫސްވެރިންނާ ވާހަކަދައްކަމުން ޔަމާލް ބުނީ، ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއަކު ދެކޭނެ އެންމެ ބޮޑު ހުވަފެން ކަމަށާއި، ނަމަވެސް އޭނާ ތުއްތުއިރު މެސީގެ އަތްމައްޗަށް އުފުލާލައިގެން ހުރި މަޝްހޫރު ފޮޓޯއިން ފެންނަ […]

އެމްބާޕޭ، މެސީގެ ރެކޯޑު މުގުރާލައި ވޯލްޑް ކަޕް ތާރީޚުން ޖާގަ ހޯދައިފި
Sports

އެމްބާޕޭ، މެސީގެ ރެކޯޑު މުގުރާލައި ވޯލްޑް ކަޕް ތާރީޚުން ޖާގަ ހޯދައިފި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު، އާޖެންޓީނާގެ ލިއޮނަލް މެސީގެ އަތުން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަތުލައިފިއެވެ. އެމްބާޕޭ މި ރެކޯޑު މުގުރާލީ ތިންވަނަ ހޮވާ މެޗުގައި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅެ ދެ ލަނޑު ކާމިޔާބުކޮށް، އޭނާގެ ޖުމްލަ ލަނޑުގެ އަދަދު 22 އަށް އިތުރުކޮށްގެންނެވެ. ހޮނިހިރު ދުވަހު ކުޅުނު މި ފޯރިގަދަ މެޗުގެ ކުރިން މެސީގެ ރެކޯޑަކީ 21 ލަނޑެވެ. ނަމަވެސް އެމްބާޕޭ ވަނީ މި މެޗުގައި […]

ފޯރިގަދަ މެޗަކަށްފަހު ފަރަންސޭސިން ބަލިކޮށް އިނގިރޭސިން ލޯ މެޑަލް ކާމިޔާބުކޮށްފި
Sports

ފޯރިގަދަ މެޗަކަށްފަހު ފަރަންސޭސިން ބަލިކޮށް އިނގިރޭސިން ލޯ މެޑަލް ކާމިޔާބުކޮށްފި

ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު ފޯރިގަދަ މެޗުގައި، އިނގިރޭސިވިލާތުން ފަރަންސޭސިވިލާތުގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ލޯ މެޑަލް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ފަރަންސޭސިވިލާތުގެ ކީލިއަން އެމްބާޕޭ ވަނީ ލިއޮނަލް މެސީގެ ރެކޯޑެއް މުގުރާލާފައެވެ. ނަމަވެސް މެޗު ނިމުނީ 6-4 ގެ ނަތީޖާއަކުން އިނގިރޭސިވިލާތް މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފު އިނގިރޭސިވިލާތުން ނިންމާލީ 4-0 ގެ ބޮޑު ލީޑަކާއެކުގައެވެ. ނަމަވެސް ދެވަނަ ހާފުގައި ފަރަންސޭސިވިލާތުން ވަނީ ކުޅުން ރަނގަޅުކޮށް އިންގްލެންޑަށް...

ފައިނަލުގެ ކުރިން މެސީގެ ބަސް: ''އެންމެ ފަހު ވަގުތާއި ހަމައަށް ހުރިހާ ހިތްވަރެއް ނެރޭނަން''
Sports

ފައިނަލުގެ ކުރިން މެސީގެ ބަސް: ''އެންމެ ފަހު ވަގުތާއި ހަމައަށް ހުރިހާ ހިތްވަރެއް ނެރޭނަން''

އާޖެންޓީނާ އިން ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރުމަށްޓަކައި އެންމެ ފަހު ވަގުތާ ހަމައަށް ހުރިހާ ހިތްވަރެއް ނެރޭނެ ކަމަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، ބުނެފިއެވެ. ނިއު ޔޯކްގައި ބޭއްވި ‘ފެނަޓިކްސް ފެސްޓް’ އިވެންޓްގައި ކުރިއަށް އޮތް ވޯލްޑް ކަޕް ފައިނަލް މެޗާ ބެހޭގޮތުން ވާހަކަދައްކަމުން މެސީ ބުނީ، އާޖެންޓީނާ އަށް ތަށި ހޯދައިދިނުމަށް އޭނާގެ ހުރިހާ ހިތްވަރެއް ނެރޭނެކަމަށެވެ. “އަހަރެމެންގެ ހުރިހާ ހިތްވަރެއް ނެރޭނަން” މެސީ ބުންޏެވެ. ތަފާތު ނޫސްވެރިންގެ […]

ޔަމާލް ތުއްތުއިރު އަހަރެންގެ އަތްމަތީގައި އޮވެފައި މިއަދު ދެމީހުން ކުރިމަތިލާން ޖެހުމަކީ ހައިރާންކުރުވަނިވި ކަމެއް: މެސީ
Sports

ޔަމާލް ތުއްތުއިރު އަހަރެންގެ އަތްމަތީގައި އޮވެފައި މިއަދު ދެމީހުން ކުރިމަތިލާން ޖެހުމަކީ ހައިރާންކުރުވަނިވި ކަމެއް: މެސީ

މީގެ ގާތްގަނޑަކަށް ނަވާރަ އަހަރު ކުރިން، ފޮޓޯގްރާފަރު ޖޯން މޮންފޯޓް، ފުރާވަރުގެ ލިއޮނަލް މެސީ ތުއްތު ކުއްޖަކަށް ފެންވަރުވަން އިންނަ ފޮޓޯއެއް ނެގިއިރު، އެއީ ކިހާވަރެއްގެ ތާރީޚީ ފޮޓޯއަކަށް ވާނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. ނަމަވެސް، އަހަރުތަކެއް ފަހުން އެ ތުއްތު ކުއްޖާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އުުންމީދީ ތަރި ލަމީން ޔަމާލްކަން އެނގުމުން، މިއީ ގަބޫލުކުރަންވެސް ދަތި އިއްތިފާގަކަށް ވަނީ ވެފައެވެ. މިއަދު މުޅި ދުނިޔޭގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، އަންނަ އާދީއްތަ ދުވަހު […]

ބައެއް ޓީމުތަކަށާއި ސަޕޯޓަރުންނަށް އެތައް ތުރާލެއް، އެކަމަކު ދެ ވެރިން ވިދާޅުވީ ''ވޯލްޑް ކަޕް ވަރަށް ކާމިޔާބުކަމަށް''
Sports

ބައެއް ޓީމުތަކަށާއި ސަޕޯޓަރުންނަށް އެތައް ތުރާލެއް، އެކަމަކު ދެ ވެރިން ވިދާޅުވީ ''ވޯލްޑް ކަޕް ވަރަށް ކާމިޔާބުކަމަށް''

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ މުބާރާތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. ހުކުރު ދުވަހު ނިއުޔޯކުގެ ޓްރަމްޕް ޓަވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، މި މުބާރާތުގެ ސަބަބުން މުޅި ދުނިޔެ އެއްބައިވަންތަ ކޮށްދީފައިވާ ކަމަށެވެ. އަދި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ރައީސް ޓްރަމްޕް އ...

މާޔޫސްވެފައިވާ ފްރާންސާއި އިންގްލެންޑް ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރަނީ
Sports

މާޔޫސްވެފައިވާ ފްރާންސާއި އިންގްލެންޑް ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރަނީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުނުކުރެވުމުގެ މާޔޫސްކަމާއެކު، ތިންވަނަ ހޮވާ މެޗުގައި ފަރަންސޭސިވިލާތާއި އިންގްލޭންޑް ހޮނިހިރު ދުވަހު ރޭ ބައްދަލުކުރާނެއެވެ. މިއީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކުން ކުޅެން ބޭނުންވި މެޗެއް ނޫން ނަމަވެސް، މިއީ މުބާރާތް ރަނގަޅު ނަތީޖާއަކުން ނިންމާލުމަށް ލިބޭ ފުރުސަތެކެވެ. މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ފަރަންސޭސިވިލާތް ސެމީ ފައިނަލުން ބަލިވީ ސްޕެއިން އަތުންނެވެ. އަދި 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ތަށި ހޯދުމުގެ އުއްމީދުގަ...

ކެނެޑާގެ އަލިފާނުގެ ސަބަބުން ވައި ނުސާފުވެ ނުރައްކަލުގައި، ސްޕޭނުން ފަރިތަކުރުން ކުރިއަށް ގެންގޮސްފި
Sports

ކެނެޑާގެ އަލިފާނުގެ ސަބަބުން ވައި ނުސާފުވެ ނުރައްކަލުގައި، ސްޕޭނުން ފަރިތަކުރުން ކުރިއަށް ގެންގޮސްފި

ކެނެޑާގެ ވަލުތެރޭގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އެމެރިކާގެ އިރުއުތުރުގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވަނިކޮށް، ވޯލްޑް ކަޕް ފައިނަލަށް ތައްޔާރުވުމަށް ސްޕެއިންގެ ގައުމީ ޓީމުން ބޭރުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފިއެވެ. ނިއު ޖާޒީގެ އީސްޓް ހެނޯވާގައި ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ފެށި މި ފަރިތަކުރުންތައް ކުރިއަށް ދިޔައީ ދުމުގެ ސަބަބުން އިރުގެ އަލި ފުސްވެފައިވާ މާހައުލެއްގައެވެ. އެއް ގަޑިއިރަށް ރޭވިފައިވާ މި ސެޝަންގެ ފުރަތަމަ 15 މިނެޓަށް މީޑި...