ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލު ކުރުމަށް އެޗްއާރްސީއެމް އިން އަންގައިފި
ވ. ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ކައުންސިލަށް އަންގައިފިއެވެ. އެޗްއާރްސީއެމް އިން މިގޮތަށް އަންގާފައި މިވަނީ ފައިސާ ދައްކަންޖެހޭ މީހުންގެ އަނބިންނާއި ފިރިންނާއި ދަރިންނަށް ހިދުމަތް ނުދޭން އެރަށު ކައުންސިލުން ނިންމާފައިވާތީއެވެ. ފެލިދޫ ކައުންސިލުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް އެކަމަށް އެ...