އީރާނު-އެމެރިކާ އެއްބަސްވުމަށް "އިސްލާމްއާބާދު އެގްރީމަންޓް"ގެ ނަން ދީފި
އީރާނާއި އެމެރިކާއާ ދެމެދު ގާއިމުކުރަން ތައްޔާރުވަމުންދާ ތާރީޚީ އެއްބަސްވުމަށް “އިސްލާމްއާބާދު އެގްރީމަންޓް” ގެ ނަމުން ނަންދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މަޝްވަރާތައް މިހާރު ވަނީ އެންމެ ނާޒުކު މަރުހަލާގައެވެ. މި އެއްބަސްވުމުގެ މެދުވެރިއެއްގެ ދައުރު ޕާކިސްތާނާއި ގަތަރުން އަދާކުރަމުންދާއިރު، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް އެންމެ ބޮޑަށް ބެލެވެނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ. އެއްބަސްވުމުގެ މުހި...