އިލްހާންގެ އެމެރިކާ ރައްޔިތުކަން ބާތިލުކޮށް ޑީޕޯޓްކޮށްލަން ޓްރަމްޕްގެ ސަރުކާރުން ތަހުގީގެއް ފަށައިފި
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރު އިލްހާން އުމަރުގެ އެމެރިކާގެ ރައްޔިތުކަން ބާތިލުކޮށް، އޭނާ ސޯމާލިއާއަށް ޑީޕޯޓްކޮށްލުމުގެ މަގުސަދުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ފެޑެރަލް އިދާރާތަކުން ފުޅާ ތަހުގީގެއް ފަށައިފިއެވެ. ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފެޑެރަލް ތަހުގީގީ އިދާރާތަކުން ބަލަމުންދަނީ އިލްހާން އެ ގައުމުގެ ރައްޔިތުކަން ހޯއްދެވި ގޮތާ ގުޅޭ މައްސަލަތަކެކެވެ. މި ތަހުގީގު މައިގަނޑު ގޮތެއްގ...