އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)ގެ ލޭންޑިން ކްރާފްޓެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މި ނީލަމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށެވެ. މި ސެޝަން އޮންނާނީ ބުދަ ދުވަހުގެހެނދުނު 10:00 ގައި ފެން ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައެވެ.
މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00ގައި އަގު ހުށަހެޅޭނެއެވެ. މި ސެޝަންވެސް ކުރިއަށްދާނީ ފެން ބިލްޑިންގެފުރަތަމަ ފަންގިފިލާގައެވެ.
އައިބީއެމުން ވަނީ މި ދެ ސެޝަންގައި ބައިވެރިވާން ބޭނުންވާ އެންމެނަށް ދައުވަތު އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!