އަހަރެމެންނާމެދު ޢަމަލުކުރަމުން ދަނީ ބޭއިންސާފުން: އީރާން ޓީމް
ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ގައުމީ ޓީމުން، މެޗުތަކަށް ދަތުރުކުރުމުގައި އެ ޓީމާ މެދު ބޭއިންސާފުން އަމަލުކުރަމުންދާ ކަމަށް އެ ޓީމުން ބުނެފިއެވެ. އީރާނުން ބުނެފައިވާ ގޮތުގައި މެޗު އޮންނަ ދުވަހުގެ ކުރީ ދުވަހު ދަތުރުކުރަން ޖެހުމާއި، މެޗު ނިމުމާއެކު އެނބުރި އަންނަން ޖެހުމަކީ އެ ޓީމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. އީރާންގެ މި ޝަކުވާއާއި ގުޅިގެން ވައިޓް ހައުސްގެ ފީފާ ޓާސްކް ފޯސްގެ އިސްވެރިޔާ އެންޑްރޫ ގިއުލިއާނީ ވިދާޅުވި ގޮތުގައި، އީރާނަށް މިހާރު ކަނޑައަޅާފައިވާ ގަވާއިދުތަކަކީ […]