އިނގިރޭސިވިލާތުގެ އިންތިޚާބީ ބޮޑު ވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި އިންތިޚާބީ ބޮޑު ވަޒީރު ކިއެރ ސްޓާމަރ އަދި އޭނާގެ ލޭބާ ޕާޓީން ހޯދި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދާފައިވާއިރު، އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެޤައުމުގެ އިންޚާބީ ބ...