ސަރުކާރުގައި ތިބޭއިރު މުއައްސަސާތައް ރަނގަޅު، ނެތްނަމަ ގޯސްވޭ: ފާއިޒް
ސަރުކާރުގައި ތިބޭއިރު މުއައްސަސާތައް ރަނގަޅުވާކަމަށާއި ސަރުކާރުގައި ނެތްނަމަ މުއައްސަސާތައް ގޯސްވުމަކީ ސިޔާސީ ހަގީގަތެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ. އަޙްމަދު ފާއިޒް ހުސައިން މިހެން ވިދާޅުވީ، އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމްވެ ތިބެވޭނެ ގޮތަށް ހަދާ އެއްބަސްވުމާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ...