ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

983034F8-7D77-4C7D-839E-CEA8054DA1B1

ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ޙުކުމް އަންނަނީ ޔާމީން ޖަލަށް ލުމަށްތޯ ކަށަވަރު ކުރަން ސަރުކާރުގެ އިސް ބަޔެއް ފަރާތްތަކުން އުޅުނު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް ވިދާޅުވި ވާހަކަތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސެއިން ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫންކަމަށެވެ.

ފާއިޒްގެ ރަސްމީ ފޭސްބުކް ޕޭޖުގައި "ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫން" މި ސުރުޚީގެ ދަށުން އޮންލައިން ނޫސް މިހާރުގައި އޮތް އާޓިކަލެއް ޝެއާރ ކުރައްވައި އުސޫލީ ވާހަކައެއްގެ ގޮތުގައި ފާހަގަ ކުރައްވައި ވިދާޅުވީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒެއް އޮތް ނަމަ ދެމަގެއް އިޚުތިޔާރުކުރުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އެ ދެމަގަކީ، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުފޫޒުގެ މައްސަލަ ގެނައުން ނުވަތަ އެމައްސަލަ އަކުން އެ ފަނޑިޔާރު ތަނާޒުލުވުން ކަމަށެވެ. މިފަދަ ވަގުތުތަކުގައި މަދުން ނަމަވެސް އެގޮތަށް ފަނޑިޔާރުން އަމަލު ކުރައްވާފައިވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

"ނޫފުޒު ފޯރުވަނީ ބާރުގަދަ ފަރާތަކުން ކަމުގައިވާނަމަ، ތަނާޒުލުވުން ނޫންގޮތެއް ނޯންނާނެއެވެ." ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ ފަނޑިޔާރަކަށް ނުފޫޒު ފޯރުވާކަން އެނގިހުރެ، އެކަން ފަނޑިޔާރު ވަންނާކޮށްގެން ހުންނަވައި، މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށެވެ. އަދި އެއީ އެ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ފާއިޒް ވިދާޅުވިއެވެ.

"ފަނޑިޔާރަކު ތުހުމަތެއްގެ ތުންފަތް މަތީގައި ހުރެ ދިފާޢުއެއް ގޮތުގައި ކުރާ ތުހުމަތު ވެގެން ދާނީ ހުސް ތުހުމަށެވެ." ފާއިޒް ވިދާޅުވިއެވެ.

ފާއިޒް އެ އިޝާރާތް ކުރެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކޯޓުގެ ވައިބަރ ގްރޫޕަށް ހައިލަމް ފޮނުއްވި ކާޓޫނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ސިފައިންގެ ބޭކަލަކު ދަމާފައި ގެންދާ މަންޒަރު ހިމެނޭތީ ޖޭއެސްސީން ހައިލަމްގެ މައްޗަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ބަލަން ފެށިފަހުން، ހައިލަމް ނެރުއްވި ބަޔާނަށެވެ.

އެ ބަޔާނުގައި ހައިލަމް ވިދާޅުވީ ޔާމީންގެ މައްޗަށް ޖަލު ޙުކުމެއް އަންނަ ކަމުގެ ކަށަވަރުކަން ހޯއްދަވަން ސަރުކާރުގެ އިސް ބަޔެއް ބޭފުޅުން ގުޅުއްވައި މެސެޖުވެސް ކުރެއްވި ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *