ސަރުކާރުގައި ތިބޭއިރު މުއައްސަސާތައް ރަނގަޅުވާކަމަށާއި ސަރުކާރުގައި ނެތްނަމަ މުއައްސަސާތައް ގޯސްވުމަކީ ސިޔާސީ ހަގީގަތެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ.

އަޙްމަދު ފާއިޒް ހުސައިން މިހެން ވިދާޅުވީ، އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމްވެ ތިބެވޭނެ ގޮތަށް ހަދާ އެއްބަސްވުމާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad
rt

މިޕޯސްޓުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެފައިވަނީ، "ސިޔާސީ ހަގީގަތަކީ، އިއްޔެ ސަރުކާރުގައި ތިބިމީހުންނަށް އެއިރު މުއައްސަސާތައް ރަނގަޅެވެ. އިއްޔެ އިތިކޮޅުގައި ތިބިއިރު ގޯސްވި މުއައްސަސާތައް މިއަދު ރަނގަޅުވެއްޖެ" ކަމަށެވެ.

ގައުމުގެ ދިފާއުގައި ތިއްބެވި ބޭފުޅުން ސިޔާސީބޭފުޅުންގެ ބަހުގެ ހަމަލާތަކުން މުއައްސަސާ ދިފާޢުކުރައްވަން ޖެހިވަޑައިގަތުމަކީ ގައުމެއްގެ ހަޔާތުގައި ފެންނާނެ ހިތާމަވެރި މަންޒަރެކެވެ.

އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ، ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ދިވެހި ރާއްޖޭގެ އަސްކަރިއްޔާއަކީ ކުޅޭކުޅޭ ތަނަކަށް ނުހެއްދެވުމަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންވިދާޅުވި ބަސްފުޅު ހިއްސާކުރައްވާ ކުރީގެ އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވެފައިވަނީ، ގައުމުގެ ދިފާއުގައި ތިއްބެވި ބޭފުޅުން ސިޔާސީބޭފުޅުންގެ ބަހުގެ ހަމަލާތަކުން މުއައްސަސާ ދިފާޢުކުރައްވަންޖެހިވަޑައިގަތުމަކީ ގައުމެއްގެ ހަޔާތުގައި ފެންނާނެ ހިތާމަވެރި މަންޒަރެއް ކަމަށެވެ.

ސިޔާސީ ނުފޫޒުން މުއައްސަސާތައް މިންޖުނުކުރެވޭހާ ހިނދަކު ސަރުކާރުގައި ތިބިބަޔަކާއި އިދިކޮޅުގައި ތިބިބަޔަކު، މުއައްސަސާތަކާމެދު އެއްނަޒަރަކުން ނުދެކޭނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

އުތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލިޔުންތަކެއް އާންމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެެވެ.