ހުޅުމާލޭގައި ރޭ ތިން ބިދޭސީ އަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުގެ ޒިންމާ އުފުލާކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުކުރުމަކީވެސް ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެފަދަ ކޮންޓެންޓު ޝެއާކުރުމާއި، ލައިކު ދިނުމަކީ. ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ޓެރަރިޒަމަށް ވާގިވެރިވެ، ހިތްވަރުދިނުމުގެ ޢަމަލެއް ކަމަށާއި އެއީ ޤާނޫނުގައިބޮޑު އަދަބެއް ކަނޑެއެޅިފައިވާ ކުށެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ، ޕޯސްޓެއްގައި ވިދާޅުވީ، ޓެރަރިޒަމްގެ ޢަމަލު ހިންގާނެކަމަށް ބުނެ، އިންޒާރުދޭ މީހެއްގެ ވީޑިއޯއެއް، ސޯޝަލްމީޑިއާގައި ޝެއާކޮށް ލައިކު ދޭތަންފެންނަމުން ދާކަމަަށެވެ.

Ad
rt

އެވީޑިއޯ ޝެއާރކުރައްވާ ބޭފުޅުންގެ މަޤުޞަދަކީ ގިނަބަޔަކަށް ވީޑިއޯ ފެނުންކަމަށް ވީނަމަވެސް، އެފަދަޢަމަލުތައް ފެތެނީ ޓެރަރިޒަމްގެ ކޮންޓެންޓު ޢާއްމުކޮށް ޝާއިޢުކުރުމުގެ ތެރެއަށް ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.