ޖިންސީ އަމަލެއް ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް
ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މައްސަލައެއްގައި މީހަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ އަހުމަދު ނައީމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ކޯޓުން މި ހުކުމް އިއްވީ ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާ މަންޒަރު ދެއްކިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނައީމްގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި [...