ވޭޕް މަނާކުރިފަހުން އެތެރެކުރި ބޮޑު ޝިޕްމަންޓެއް ކަސްޓަމްސް އިން އަތުލައިގެންފި
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައެވެ. “ޖެނެރަލް ކާގޯ” ގެ ގޮތުގަ...