"ބުރެވި" ތޫފާންގެ ބާރު ދަށްވެ، ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެއްޖެ
”ބުރެވި” ތޫފާންގެ ބާރު ދަށްވެއްޖެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ދާދި ދެންމެ ކުރި ޓުވީޓެއްގައި ވިދާޅުވީ، “ބުރެވި” ތޫފާންގެ ބާރު ދަށްވެ، މިހާރުވަނީ ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެފައިކަމަށާއި އެތޫފާނު މިހާރު ހުރީ، އިންޑިޔާގެ ކަންޔާކުމާރީގެ އިރުއިރުއުތުރުން 200 އެއްހާ ކިލޯމީޓަރު ދުރުގައިކަމަށެވެ. މެޓް އޮފީހުން އިއްޔެ މެންދުރު ފަހު 14:00 އިން މިރޭ މެންދަމު 2:00 އަށް ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ”ބުރެވި” މިހާރު...