ރައީސް އާއި ނައިބުގެ މާލީ ބަޔާން އާންމުކުރައްވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާންތައް އިއްޔެ އާންމުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާންމުކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެމަނިކުފާނަށް މުސާރައިގެ ގޮތުގައި 285,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ކުލީގެ ގޮތުގައި 240,000 ރުފިޔާ ލިބިވަޑައިގެނ...