ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު: އޭޑީކޭ
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި، އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާތަނަށް ކުރެވުނު ސާޖަރީތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ، ސާޖަރީތައް ކާމިޔާބު ނަމަވެސް އަދި އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށެވެ. ނަމަވެސް އެ ސާޖަރީތަކުގެ ތަފްސީލެއް އެ ހޮސްޕިޓަލުން އަދި ހާމައެއް ނުކުރަށްވަ އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް […]