މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި 8 ދުވަހުގެ މުއްދަތަށް ސަރުކާރު އޮފީސްތައް ބަންދުކުރަން ފާސްކޮށްފައި ވާއިރު، އެ މުއްދަތުގައި ބޭންކުތައް ވެސް ބަންދުވާނެއެވެ.
ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައިވާއިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ. މި ނިންމުންތައް ނިންމާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!