އަލިފާންރޯވެ ހިރިމަރަދޫ ސްކޫލް އޮފީސް އަނދާ ހުލިވެއްޖެ
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާއެއްހިނގައި، އެތަން އަނދާ ހުލިވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބުނީ، ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ވަގުތު ކަމަށާއި، އެ އޮފީހުގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތުލިބި އަލިފާން ނިއްވުމުގެ މަސައްކަތް ފެށިފައި ވަނީ 1:30 ހާއިރު ކަމަށެވެ. ވަހީދު އިތުރަށް ބުނީ ރަށުގެ ކުދިބޮޑު އެންމެން ނުކުމެ ބާލިދީން ފެންޖަހައިގެންނާއި، ކަ...