މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހީނާ ވަލީދު

23 Stories filed
ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކުގައި: ރައީސް އޮފީސް
Raajje

ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކުގައި: ރައީސް އޮފީސް

ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިންނަށް ފޯނު ނުވެއްދުނުކަމަށް އެ ނޫސްވެރިން ވަނ...

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ
Raajje

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމަށް، ހީނާ ވަލީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހީނާ މި މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމުގައި ހީނާ ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ހީނާ މި މަޤާމަށް ހަމަޖެއްސުމާއެކު ހީނާ ވެގެން ގޮސްފައި ވަނީ...

ބޭސްފަރުވާއަށް އެދި ހުށަހާ ކޭސްތަކަށް ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯވޭ: ހީނާ
Raajje

ބޭސްފަރުވާއަށް އެދި ހުށަހާ ކޭސްތަކަށް ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯވޭ: ހީނާ

ސަރުކާރުން ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު ބަލަހައްޓާ އާސަންދަ ކުންފުންޏަށާއި، ނެޝަނަލް ސޯސިއަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ބޭސްފަރުވާ ކުރުމަށް އެދި ހުށައެޅުމުން އެކަމުގައި ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯންނަކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ހީނާ ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ އާއި އާސ...

އެންސްޕާގެ ސީއީއޯއަކަށް ހީނާ ހަމަޖައްސައިފި
Raajje

އެންސްޕާގެ ސީއީއޯއަކަށް ހީނާ ހަމަޖައްސައިފި

ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) މަގާމަށް ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ހަމަޖައްސައިފި އެވެ. މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި، ހީނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޚާރިޖީ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. މީޑިއާގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހީނާ މި މަގާމަށް ހަމަޖެއްސިއިރު، މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. އެންސްޕާގެ މައ...

ރިޔާސީ ކެންޑިޑޭޓަކީ ޔާމީން، އިތުރު ޗޮއިސްއަކަށް މަޝްވަރާއެއް ނުކުރޭ: ހީނާ
Raajje

ރިޔާސީ ކެންޑިޑޭޓަކީ ޔާމީން، އިތުރު ޗޮއިސްއަކަށް މަޝްވަރާއެއް ނުކުރޭ: ހީނާ

ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް، ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އިތުރު ޗޮއިސްއަކަށް މަޝްވަރާއެއް ނުކުރާ ކަމަށް އެ ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިފަދައިން ވިދާޅުވެފައި މިވަނީ “ޔާމީން ނޫން ޗޮއިސްއަކަށް ޕީޕީއެމްގެ ލީޑަރޝިޕްގެ ތެރޭ ހިމޭން މަޝްވަރާތަކެއް!؟” މި މައުޟޫއަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކަށް ރައްދު ދެއްވައެވެ. އެ އާޓިކަލް އަށް ރައްދު ދެއްވައި ހީނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޚަބަރު ދޮގު ކުރައްވާފައެވެ. […]

އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއްނެތް: ހީނާ
Raajje

އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއްނެތް: ހީނާ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވެސް ޝައުގެއް ނެތްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްކެވިވާހަކަފުޅުގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމު...

ޤާނޫނުއަސާސީގައި ލިޔަންވީ "އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށް": ހީނާ
Raajje

ޤާނޫނުއަސާސީގައި ލިޔަންވީ "އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށް": ހީނާ

ޤާނޫނުއަސާސީގައި ލިޔަންވީ އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށާއި، އަދި އަބަދުމެ ވެރިކަމުގައި ހުންނަވާނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 އިންސައްތަ އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި...

ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ރައްޔިތުން ވެސް، އެންމެ ގާބިލު ކެންޑިޓަކީ ފަތުހީކަމަށް ނިންމައިފި: ހީނާ
Thiladhunmathi News

ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ރައްޔިތުން ވެސް، އެންމެ ގާބިލު ކެންޑިޓަކީ ފަތުހީކަމަށް ނިންމައިފި: ހީނާ

ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވެސް، ކޮމަންޑޫ ދާއިރާ ބަހުސްއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްއަކީ އެންމެ ގާބިލު ކެންޑިޑޭޓްކަމަށް ނިންމައިފިކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލިދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓ...