ކޮންޓެއިނަރެއް ތެރެއިން ޑްރަގް ހޯދައި އަތުލައިގެންފި
ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ކޮންޓެއިނަރެއް ތެރެއިން މަސްތުވާތަކެތި ހޯދައި އަތުލައިގެންފިއެވެ. ފުލުހުން މިއަދު ބުނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރެއް ބަލައިފާސްކޮށްފައެވެ. މި މައުލޫމާތާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ކޮންޓެއިނަރ ބަލައިފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސް...