ހުޅުމާލެ ފޭސް 2 ހިޔާ އެޕާޓްމަންޓެއްގައި މަންމައަށް އަނިޔާކޮށް މަރާލާނެ ކަމުގެ އިންޒާރުދިން މައްސަލައެއް ގައި ދަރިފުޅު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ހިޔާގެ 13 ވަނަ ޓަވަރުގެ އެޕާޓުމަންޓެއްގައި އަންހެނަކު ރޯ އަޑު އިވޭ ކަމަށް ރޭ 18:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"މި ރިޕޯޓާއި ގުޅިގެން ފުލުހުން އެ އޕާޓުމެންޓް ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރުހުޅުވި، އަދި އެ އަންހެން މީހާގެ ދަރިފުޅު އޭނާ އަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާކަމަށް އަންހެން މީހާ ބުނެފައިވޭ"
ފުލުހުން ބުނެފައިވެއެވެ.
ހައްޔަރުކޮށްފައިވަނީ ހެންވޭރު، އެހަޑަ، މުޙައްމަދު އިސްމާޢީލްގެ (28) އެވެ. މުޙައްމަދު އިސްމާޢީލް ވަނީ މަންމައަށް އަނިޔާކޮށް، ފޯނު ފޭރިގަނެ، މަރާލާނެކަމުގެ އިންޒާރު ދީފައިކަމަށް މަންމަ ބުނެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު އިސްމާޢީލް ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައެވެ. އަދި އަނިޔާ ލިބުނު މަންމަ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!