މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ
Raajje

ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެއެވެ. ކޮލަމާ ބޯޓުގެ ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު (ސައީދުބެ) ނިޔާވެފައިވާ ކަމަށް ގއ. ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މި ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މިއަދު 13:35 ހާއިރުއެވެ. ބޯޓު ފެނުމުން ކެޕްޓަން ވަނީ ފުލުހުންގެ ލޯންޗެއްގައި ފަރުވާދިނުމަށް ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ […]

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ

ކޮލަމާ” ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ލ. އަތޮޅުން ރޭ ފުރި ކޮލަމާ ބޯޓު ގެއްލިގެން އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު ހަވީރުއެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ. ފުލުހުން ބުނީ، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު މެންދުރު 13:25 ހާއިރު ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަަހއްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް […]

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ ދެ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިތަނުން ތިން ބިދޭސީއަކު ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އެއީ ސަރީލަންކާ އަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އަނެއް މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ. ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަން މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައ...

މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި
Raajje

މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި

މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެހި ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. މެލޭޝިޔާ ފުލުހުން ހައްޔަރުކޮށްފައިވަނީ އަބުދުލް ބާތިން މުހައްމަދު މުސްތަފާ ކިޔާ މީހެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ހައްޔަރުކުރެވުނު ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ދަނީ ތަހުގީގުކުރަމުންނެ...

ފަލާހް ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމާމެދު ލަފާ ހޯދަނީ
Parliament

ފަލާހް ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމާމެދު ލަފާ ހޯދަނީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނޫސްވެރިންނާއި ގުޅުވައިގެން ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ތަހްގީގްކުރުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ލަފައަކަށް އެދިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ. ފަލާހު ނޫސްވެރިންނާއި ގުޅުވައިގެން މިވާހަކަ ދެއްކެވީ މީޑ...

ޑްރަގް ވިޔަފާރީގައި އުޅޭ ޒުވާނަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި
Raajje

ޑްރަގް ވިޔަފާރީގައި އުޅޭ ޒުވާނަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައ...

ވީއައިއޭ އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ސަމާލުވުމަށް އެދިއްޖެ
Raajje

ވީއައިއޭ އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ސަމާލުވުމަށް އެދިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ފުލުހުންގެ އިރުޝާދަށް ޢަމަލުކޮށްދިނުމަށް އެދިއްޖެއެވެ. ފުލުހުން ބުނިގޮތުގައި ވީއައިއޭ އަށް ދާ މަގުގައި އެއާޕޯޓަށް އަޅާ ޖަންގްޝަންގައި ހަރުކޮށްފައި ހުންނަ ޓްރެފިކް ލައިޓް ނިވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. އެކަން ދިމާވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު، އެ ސަރަހައ...

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާކަން ކަށަވަރުވެއްޖެ
Raajje

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާކަން ކަށަވަރުވެއްޖެ

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ މީހާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މައްސަލަ ތަހްގީގުކުރަން ފަށާފައިވާކަން ފުލުހުން ހާމަކުރީ 25 އޯގަސްޓް 2025 ގައެވެ. ފުލުހުން މިރޭ ބުނެފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނިފައިވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ […]

ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ
Raajje

ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭ އެމްޕީއެލް ޓަވަރުގައި ދިރިއުޅެމުން އައި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ މަސީޙް ޢަބްދުލް ޙަކީމް (41އ) ދޫޑިގަން، ފަސީހްއާބާދު / ޏ.ފުވައްމުލައް އެވެ. އާއިލާއަށް މަސީޙްގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޯގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މަސީޙް ޢަބްދުލް ޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ [...

މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
Thiladhunmathi News

މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފ...

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާ ބިދޭސީއެއްކަމަށް ބެލެވޭ: ފުލުހުން
Raajje

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާ ބިދޭސީއެއްކަމަށް ބެލެވޭ: ފުލުހުން

ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ބައެއްކަންކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ވަނީ އިއްޔެ ވަނީ ބުނެފައެވެ. އެ މީހާއާއި ގުޅޭ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ފުލުހުން މިއަދު ބުނ ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހަކީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުން […]

ނޮޅިވަރަމު ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޮޅިވަރަމު ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހދ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ ރޭ އަޅައިފިއެވެ. މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައެވެ. މި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވ...

ހުޅުމާލެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
Raajje

ހުޅުމާލެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ، ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ސީނުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އިިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ، މިކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ބިންދޫކޮށް، އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައި […]

ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
Raajje

ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނައިވާދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ނައިވާދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެ...

ހުޅުމާލެއިން 144 ދަޅު ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ހުޅުމާލެއިން 144 ދަޅު ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލެ ހުޅުމާލެ ފޭސް އިން 144 ދަޅު ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ފޭސް 1 ގައި ޕެޓްރޯލްކުރަމުން ދަނިކޮށް ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ޕިކަޕަކަށް މަޑުކުރުމަށް އިޝާރާތްކޮށް، ބަރުގޮނު އެޅުމުންވެސް މަޑުނުކޮށް ޒިގްޒެގްކޮށް އެކި މަގުތަކުން ދުއްވާފައިވެއެވެ. އެހެންވެ، ފުލުހުން އެ ޕިކަޕް ފަހަތުން ގޮސް ހުއްޓުވުމަށްފަހު، ޕިކަޕް ދުއްވި ފަރާތް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއަށްފަހު ޕިކަޕް ބަލައި ފާސްކުރުމުން 144 ދަޅު ބަނގުރާ ފެނުނު ކަމަށް...