މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން ބިދޭސީން ހައްޔަރުކޮށްފި
Raajje

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން ބިދޭސީން ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ތިން ބިދޭސީން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ މީހުންނާއި ޕާކިސްތާނުގެ އެކަކު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ތިން މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގައި ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައެވެ. ހައްޔަރުކުރެވުނު މީހުންނަކީ އެމްޑީ ރިޔާސް އުއްދީން (19 އަހަރު)، ބަންގްލ...

ސިނގިރޭޓު ވައްކަމުގައި ފަހުން ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ އާއްމުކޮށްފި
Raajje

ސިނގިރޭޓު ވައްކަމުގައި ފަހުން ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ އާއްމުކޮށްފި

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު ތިން މީހެއްގެ ވަނަވަރު، ފުލުހުން އާއްމުކޮށްފި އެވެ. މި މައްސަލައިގައި މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ވައްކަން ކުރެވުނު ސިނގިރޭޓަކީ މިދިޔަ އޭޕްރީލް މަހު އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ. އެންމެ ފަހުން އިއްޔެ ހައްޔަރުކުރި ތިން […]

ސިނގިރޭޓް ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދު، އިތުރު ބަޔަކު ހައްޔާރުކޮށްފި
Raajje

ސިނގިރޭޓް ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދު، އިތުރު ބަޔަކު ހައްޔާރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 24 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ޙައްޔަރުކުރި މީހުން މި މައްސަލައާ ގުޅިގެން ފަހުން ޙައްޔަރުކުރި ތިން މީހުންނަކީ، އަޙްމަދު ޝަހީމް (42އ) ނޫރަލީގެ / ހދ.ވައިކަރަދޫ، ޙުސައިން […]

ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގއ. ކޮޅަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކުކުރެވޭ މައުލޫމާތާ ގުޅިގެން، ފުލުހުން އެރަށަށް ދަތުރުކުރި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދ...

ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް
Thiladhunmathi News

ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް

ހއ. އިހަވަންދޫ ވިޔަފާރަވެރިންނަށް ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން މި އޮކްޓޯބަރު މަހުގެ 15 އިން 22 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެންނެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ޕްރޮގްރާމްގެ ތެރެއިން، އިހަވަންދޫގައި ވިޔަފާރިކުރާ 30 ތަނަކަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. މި...

ސިނގިރޭޓް ވައްކަން: ހަ ވަނަ މީހަކު ހައްޔަރުކޮށްފި
Raajje

ސިނގިރޭޓް ވައްކަން: ހަ ވަނަ މީހަކު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހަ ވަނަ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު އެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދު (2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ) ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނިގޮތުގައި […]

ޕޮލިސް ރިކޯޑުގެ ގަވާއިދަށް އިސްލާހް ގެނެސްފި
Raajje

ޕޮލިސް ރިކޯޑުގެ ގަވާއިދަށް އިސްލާހް ގެނެސްފި

ޕޮލިސް ރިކޯޑު ބެލެހެއްޓުމާ ގުޅޭ ގޮތުން އަމަލުކުރާ ގަވާއިދަށް މުހިއްމު އިސްލާހެއް ގެނެސް، އަމަލުކުރަން ފަށައިފިއެވެ. މި އިސްލާހުތައް އެކުލެވޭ ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު ގެޒެޓްކޮށް، އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. މި އިސްލާހުގެ އެންމެ ބޮޑު މަގުސަދަކީ، ބައެއް ޝަރުތުތަކުގެ ދަށުން، ޖިނާއީ މައްސަލަތަކުގެ ރިކޯޑު ނައްތާލުމުގެ އުސޫލުތައް ކަނޑައެޅުމެވެ. މި އިސްލާހ...

އައްޑޫގެ ގެއެއްގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

އައްޑޫގެ ގެއެއްގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ އައްޑޫގެ ހިތަދޫގެ ގެއެއްގައި ދެމީހަކު ނިޔާވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ނިޔާވެފައި އޮއްވާ ފެނުނީ އަންހެނަކާއި ފިރިހެނަކު ކަމަށް ވެސް ފުލުހުން ބުންޏެވެ. އެނގިފައިވާގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ދެމަފިރިންނެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އެ ދެމަފިރިން ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ...

ސިނގިރޭޓް ވައްކަން: ހައްޔަރުކުރި ފަސްވަނަ މީހާ ޝަރީޢަތް ނިމެންދެން ބަންދަން
Raajje

ސިނގިރޭޓް ވައްކަން: ހައްޔަރުކުރި ފަސްވަނަ މީހާ ޝަރީޢަތް ނިމެންދެން ބަންދަން

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހިރާއްޖޭގެ ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ފަސް ވަނަ މީހާ އަކީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ އެވެ. މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ 21 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑުގެ […]

ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ވަގަށް ނެގި ކޮންޓޭނަރުގެ ބައިތައް ހޯދައިފި
Raajje

ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ވަގަށް ނެގި ކޮންޓޭނަރުގެ ބައިތައް ހޯދައިފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، 26 އެޕްރީލް 2025 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ 9 އޮކްޓޯބަރ 2025 ވަނަ ދުވަހު ފުލުހުންނަށް […]

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށްފި
Raajje

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ނޭޕާލްގެ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތްތަކަކީ ބިބަސް ރާއި (24އ)، ޑެބި ތަމަންގް (39އ)، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ. […]

ހދ.އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި
Thiladhunmathi News

ހދ.އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފިއެވެ. މިކަން ހާމަކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި މަސައްކަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިގޮތުން މި މަސައްކަތުގެ ދަށުން ހދ. އަތޮޅުގެ އިތުރުން ގއ. އަތޮޅު، ވ. އަތޮޅު، ތ. އަތޮޅު، ފ. އަތޮޅު އަދި ކ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމ...

ދެ ރަށެއްގައި ޑްރަގް އޮޕަރޭޝަން ހިންގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ދެ ރަށެއްގައި ޑްރަގް އޮޕަރޭޝަން ހިންގައި ދެ މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ އަދި ބ. ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި ދެ ރަށުގައި މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މި މަހު 16 ވަނަ ދުވަހު އެވެ. ތޮއްޑޫގައި ހިންގި އޮޕަރޭޝަން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / ގ. އެވަރޝައިން، އާދަމް އަޝްފާގް (41އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުުލުހުން […]

ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ މީހަކު ހަނިމާދޫން ހައްޔަރުކޮށްފި
Thiladhunmathi News

ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ މީހަކު ހަނިމާދޫން ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހދ. ހަނިމާދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ޑޯން ޝައިން، އަހްމަދު އަޒުމީ (40 އަހަރު) އެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، އަޒްމީ ހައްޔަރުކޮށްފައި ވަނީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 އޮކްޓޯބަރ 15 ވަނަ ދުވަހު ހދ. ހަނިމާދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ. އަޒުމީ ހައްޔަރުކުރިއިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެ...

ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ
Raajje

ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ “ނަސްރު ބޯޓު” ދިޔަވެ އަޑިއަށް ހިނގައްޖެއެވެ. މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި މި ބޯޓަށް ދިޔަވާން ފެށުމުން ސިފައިން ވަނީ އެ ބޯޓުގައި ތިބި ފަސް މީހުން ސަލާމަތްކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. ފުލުހުން ބުނިގޮތުގައި މި ބޯޓު ވަނީ މިއަދު މެންދުރު 13:22 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ […]