ކުރިނބީގައި މަގުމަތީގެ ރައްކާތެރިކަމާއި ގާނޫނަށް ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް
ހދ. ކުރިނބީގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުރިނބީ ޕޮލިސް ޕޯސްޓާއި، އެ ރަށު ސްކޫލް އަދި ކައުންސިލް ގުޅިގެން 30 އޭޕްރީލް 2026 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ދަށުން އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ތަފާތު ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެ ދުވަހުގެ ހަވީރު 16:30 އިން 17:30 އަށް ގްރޭޑް...