ވަގަށް އެތެރެކޮށް ވިއްކަމުން ދިޔަ ސިނގިރޭޓާއި ދުންފަތް އަތުލައިގެންފި
ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި ތަކެތި ހޯދާފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން މާލޭ ގަލޮޅު ގެއަކާއި، ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި އެޕާޓްމަންޓެ...