މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އީރާން

511 Stories filed
އީރާނާއި ދެކޮޅު ހަނގުރާމާގައި ސައުދީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއްދިން: ރިޕޯޓު
International

އީރާނާއި ދެކޮޅު ހަނގުރާމާގައި ސައުދީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއްދިން: ރިޕޯޓު

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމާގައި ދުޝްމަނުންނަށް ވާގިވެރިވާ ކޮންމެ ގައުމަކީ އަމާޒެއްކަމަށް އީރާނުން ކަނޑައެޅި އުސޫލުގެ ދަށުން އެމެރިކާގެ ބޭސްތަކާއި ސިފައިން ތިބި ސަރަހައްދީ ގައުމުތަކަށް ދިން ހަމަލާތަކުގެ ތެރެއިން ސައުދީ އަރަބިއްޔާއަށް އަމާޒުވި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެ ގައުމުން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ހުޅަނގުގެ އިސް ދެ އޮފިޝަލަކާއި އީރާނުގެ ދެ އޮފިޝަލަކާ ހަވާ...

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ
International

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ

އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެބްރުއަރީ 28 ގައި އީރާނާއި ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން ޖަވާބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ގަބޫލުނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރޫތު ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ މަންދޫބުން ފޮނުވި ޖަވާބު ކިޔުއްވާފައިވާ ކަމަށާއި، އެ ޖަވާބު ކަމުނުދާ ކަމަށެވެ. “އީރާނުގެ މަންދޫބުން ކަމަށް ބުނާ ފަރާތްތަކ...

ހޯރްމުޒް ކަނޑުއޮޅީގެ އަޑީގައިވާ އިންޓަނެޓް ކޭބަލްތަކުގެ ކޮންޓްރޯލް ނަގަން އީރާނުން ނިންމައިފި
International

ހޯރްމުޒް ކަނޑުއޮޅީގެ އަޑީގައިވާ އިންޓަނެޓް ކޭބަލްތަކުގެ ކޮންޓްރޯލް ނަގަން އީރާނުން ނިންމައިފި

ހޯރްމުޒް ކަނޑުއޮޅީގެ ކަނޑުގެ ސަތަހައިގެ ކޮންޓްރޯލް ހޯދުމުގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުގެ އަޑީގައި އަޅާފައިވާ ބައިނަލްއަގުވާމީ “ޑިޖިޓަލް އިންފްރާސްޓްރަކްޗާ” ނުވަތަ އިންޓަނެޓް ކޭބަލްތަކުގެ ފުރިހަމަ ބާރުވެރިކަން ހޯދުމަށް އީރާނުން އާ އިސްތިރާތީޖީއެއް އެކުލަވާލައިފިއެވެ. 2026 ވަނ އަހަރުގެ މޭ މަހުގެ ތެރޭގައި އީރާނުގެ ފާސް ނިއުސް އާއި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުން ފަށާފައިވާ “ސްޓްރެއިޓް އޮތޯރިޓީ” އިސްނެގުމުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. “ކޭބަލް ޓޯލް”...

އީރާނުގެ ޚާރްޖް އައިލެންޑް ކައިރީ ކަނޑުގައި 45 އަކަ ކިލޯމީޓަރުގެ ތެޔޮ ފަށަލައެއް
International

އީރާނުގެ ޚާރްޖް އައިލެންޑް ކައިރީ ކަނޑުގައި 45 އަކަ ކިލޯމީޓަރުގެ ތެޔޮ ފަށަލައެއް

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ކައިރިން ކަނޑުގެ ބޮޑު ސަރަހައްދަކަށް ތެޔޮ އެޅިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން މި ހަފުތާގައި ފާހަގަކުރެވިއްޖެއެވެ. ޔޫރަޕްގެ ކޮޕަރނިކަސް ސެންޓިނަލް ސެޓެލައިޓްތަކުން މެއި 6 އިން 8 އަށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، 8 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ރަށުގެ ހުޅަނގު ފަރާތުން ކަނޑުގެ ސަރަހައްދުގައި އަޅި އަދި ހުދު ކުލައިގެ ބޮޑު ތެޔޮ ފަށަލައެއް ވަނީ އުފެދިފައެވެ. ކޮންފްލިކްޓް އެންޑް އެންވަޔަރަންމަންޓް އޮބްޒާވެޓަރީގެ […]

ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އެމެރިކާއާއި އީރާނުން ހަމަލާތަކެއް ބަދަލުކޮށްފި
International

ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އެމެރިކާއާއި އީރާނުން ހަމަލާތަކެއް ބަދަލުކޮށްފި

ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ބުރާސްފަތި ދުވަހު އެމެރިކާއާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން މިހާރު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ‘ޓްރުތް ސޯޝަލް’ ގައި ވިދާޅުވީ މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ އަސްކަރީ ތިން މަނަވަރެއް އެ ސަރަހައްދުން ދަތުރުކުރަ...

ހޮރްމޫޒް ބަންދުކުރި ނަމަވެސް މަސްތަކެއް ވަންދެން މެނޭޖްކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރި: ރިޕޯޓު
International

ހޮރްމޫޒް ބަންދުކުރި ނަމަވެސް މަސްތަކެއް ވަންދެން މެނޭޖްކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރި: ރިޕޯޓު

އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްގެން ދެމުންދާ ހަމަލާތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް، އިގްތިސާދީ ގޮތުން ބޮޑު ހީނަރުކަމެއް އައުމުގެ ކުރިން މަދުވެގެން ތިނެއް ނުވަތަ ހަތަރު މަސް ދުވަހު މެނޭޖްކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރިކަމަށް އެމެރިކާގެ ސީ.އައި.އޭ އިން ތައްޔާރުކޮށް މި ހަފްތާގައި އެމެރިކާގެ ސަރުކާރުގެ އިސްވެރިންނަށް ހުށަހެޅި ސިއްރު ރިޕޯޓެއްގައި ބުނެފިއެވެ. ”ވޮޝިންޓަން ޕޯސްޓް” މި ޚަބަރު ރިޕޯޓްކުރަމުން ބުނެފައި ވަނީ މި ހޯދުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ނިމުމަކަށ...

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ހަމައަށް އެމެރިކާ އާއި އީރާނަށް ވަނީ ދެވިފައި: ރިޕޯޓް
International

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ހަމައަށް އެމެރިކާ އާއި އީރާނަށް ވަނީ ދެވިފައި: ރިޕޯޓް

އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށުމުން މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއް ސަފުހާގެ މެމޮރެންޑަމެއްގައި ސޮއިކުރުމާ ހަމައަށް ދެ ގައުމުން ދެވިފައިވާކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ މަސްދަރުތަކުންނާއި މިކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި ހަވާލާދީ ”ރޮއިޓާސް” އިން ބުނެފިއެވެ. ”ރޮއިޓާސް” އިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ”އެކްސިއޯސް” ނިއުސް އިން އެންމެ ފުރަތަމަ ރިޕޯޓުކުރި މި މެމޮރެންޑަމްގައި 14 ނުކުތާއެއް ހިމެނެއެވެ. މީގެ ތެރޭގައ...

އީރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް
International

އީރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ބެއިޖިންއަށް ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ޚާއްސަކޮށް އެމެރިކާއާއެކު އޮތް ހަނގުރާމައިގެ ހާލަތާއި ހޯރްމުޒް ކަނޑުއޮޅީގެ މައްސަލަތަކުގެ ތެރެއިން ކުރިއަށްދާ ވަރަށް މުހިންމު ދަތުރުފުޅެކެވެ. ބެއިޖިންގައި ކުރިއަށްދާ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވެމުންދަނީ ދެ ކަމަކަށެވެ. އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމާއި،...

އީރާނުގެ ނިއުކްލިއާ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއްނުވޭ: ރިޕޯޓު
International

އީރާނުގެ ނިއުކްލިއާ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއްނުވޭ: ރިޕޯޓު

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހުވެސް، އެ ގައުމުގެ ނިއުކްލިއާ ގާބިލުކަމުގެ މުހިންމު ބައިތައް ސަލާމަތުން ހުރިކަން ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވެފައިވާކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ. އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ހަމަލާތަކުގައި އުފެއްދުންތެރިކަމުގެ ބޮޑު ބަޔަކަށް ގެއްލުން ލިބުނު ނަމަވެސް، އެންމެ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއް ނުވެއެވެ. ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތުގައި ބޭނުންކުރ...

ޔޫއޭއީގެ ތެޔޮ މަރުކަޒަށް ހަމަލާ ދިނީ އަހަރެމެންނެއްނޫން، އެކަން ކުރީ އެމެރިކާއިން: އީރާން
International

ޔޫއޭއީގެ ތެޔޮ މަރުކަޒަށް ހަމަލާ ދިނީ އަހަރެމެންނެއްނޫން، އެކަން ކުރީ އެމެރިކާއިން: އީރާން

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ހުންނަ ހަކަތަ އުފައްދާ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދިނުމުގައި އީރާނުގެ ބައިވެރިވުމެއް އޮތް ކަމަށް ކުރާ ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީން ހޯމަ ދުވަހު ބުނި ގޮތުގައި، ޔޫއޭއީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާ ދިނުމުގެ އެއްވެސް ރޭވުމެއް އެ ގައުމުން ގެންގުޅެފައެއް ނުވެއެވެ. ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވ...

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހުށަހެޅުންތައް ދިރާސާކުރަމުންދާކަން އީރާނުން ކަށަވަރުކޮށްދީފި
International

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހުށަހެޅުންތައް ދިރާސާކުރަމުންދާކަން އީރާނުން ކަށަވަރުކޮށްދީފި

ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ހުށަހެޅި 14 ނުކުތާގެ ހުށަހެޅުމަށް އެމެރިކާއިން ދިން ޖަވާބު ލިބިފައިވާ ކަމަށާއި، އެ ޖަވާބު މިހާރު ދިރާސާކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޯމަ ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަގާއީ ވަނީ އެމެރިކާގެ ފަރާތުން ލިބުނު ޖަވާބު ދިރާސާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ނިންމާގޮތެއް ޕާކިސްތާނު މެދުވެރިކޮށް އާންމުކުރާނެކަމަށް ބުނެފަވ...

ހޯރްމުޒް ހުޅުވުމަށް އެމެރިކާއިން ފެށި ''ޕްރޮޖެކްޓް ފްރީޑަމް'' އަކީ ''ޕީއާރު ސްޓަންޓެއް'': އީރާން
International

ހޯރްމުޒް ހުޅުވުމަށް އެމެރިކާއިން ފެށި ''ޕްރޮޖެކްޓް ފްރީޑަމް'' އަކީ ''ޕީއާރު ސްޓަންޓެއް'': އީރާން

ހޯރްމުޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި “ޕްރޮޖެކްޓް ފްރީޑަމް” އަކީ ނާކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ސިފަކޮށް، އެއީ އެމެރިކާގެ “ޕީއާރު ސްޓަންޓެއް” ކަމަށް އީރާނުން ބުނެފިއެވެ. ހޯރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 1،000 އަށްވުރެ ގިނަ މުދާ އުފުލާ އުޅަނދުތަކަށް މަގުދެއްކުމުގެ މިޝަން އެމެރިކާގެ އަސްކަރިއްޔާއިން ރަސްމީކޮށް ފަށާފައިވަނީ ހޯމަ ދުވަސް، 4 މޭ 2026 ގައެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އާއި ތެހެރާންގެ އިސް އަސްކަރީ ކޮމާންޑަރުން ބުނާ ގޮތުގައި، މިއީ […]

ޑްރޯން ހަމަލާއަކާ ގުޅިގެން ޔޫއޭއީގެ ފުޖައިރާގެ ޕެޓްރޯލިއަމް ކޮމްޕްލެކްސްއެއްގައި އަލިފާން ރޯވެއްޖެ
International

ޑްރޯން ހަމަލާއަކާ ގުޅިގެން ޔޫއޭއީގެ ފުޖައިރާގެ ޕެޓްރޯލިއަމް ކޮމްޕްލެކްސްއެއްގައި އަލިފާން ރޯވެއްޖެ

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީޒް ޒޯން (އެފްއޯއައިޒެޑް) އަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އިންޑިއާގެ ތިން ރައްޔިތަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ޔޫއޭއީގެ ”ޚަލީޖް ޓައިމްސް” އިން ވަނީ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ކަށަވަރުކޮށްދީފައެވެ. އަނިޔާވި މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ފުޖައިރާ ސިވިލް ޑިފެންސް ޓީމުތަކުން ދަނީ އަލިފާން ކޮންޓްރޯލްކުރުމަށާއި ހާލަތު ވަޒަންކުރު...

ކަނޑުގެ ބްލޮކޭޑާއި ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެމެރިކާއަށް އެއް މަސްދުވަހުގެ މުހުލަތެއް ދީފި
International

ކަނޑުގެ ބްލޮކޭޑާއި ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެމެރިކާއަށް އެއް މަސްދުވަހުގެ މުހުލަތެއް ދީފި

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށާއި، އީރާނާއި ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް އީރާނުން އެމެރިކާއަށް އެއް މަސްދުވަހުގެ މުހުލަތެއް ދީފިއެވެ. އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުހުލަތު ދީފައިވަނީ އީރާނުން އެމެރިކާއަށް ހުށަހެޅި އާ ހުށަހެޅުމެއްގައެވެ. އީރާނުން ވޮޝިންޓަނަށް ބުރާސްފަތި ދުވަހު ހުށަހެޅި 14 ނުކުތާގެ މި އިސްލާހީ ހުށަހެޅުމުގައި، ކަނޑ...

ހަނގުރާމަ ނިމިއްޖެކަމަށް އެމެރިކާއިން ބުނުމަކީ ހެދި މަކަރެއް، ދެވަނަ ފޭސްއަކަށް ތައްޔާރުވަމުންދާކަމަށް ބެލެވޭ: އީރާން
International

ހަނގުރާމަ ނިމިއްޖެކަމަށް އެމެރިކާއިން ބުނުމަކީ ހެދި މަކަރެއް، ދެވަނަ ފޭސްއަކަށް ތައްޔާރުވަމުންދާކަމަށް ބެލެވޭ: އީރާން

އީރާނާއި ދެކޮޅަށް އެމެރިކާ އަލުން ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑު ކަމަށް އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ކޮމާންޑުގެ އިސް އޮފިޝަލެއް ކަމަށްވާ މުޙައްމަދު ޖަޢުފަރު އަސަދީ ވިދާޅުވެއްޖެއެވެ. އީރާނުގެ އަސްކަރީ ހެޑްކުއާޓާޒްގެ ޑެޕިއުޓީ އިންސްޕެކްޓަރު މުހައްމަދު ޖަޢުފަރު އާސަދީ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި އާސަދީ ވިދާޅުވީ، އެމެރިކާއަކީ އެއްވެސް އެއްބަސްވުމަކަށް ނުވަތަ ވައުދަކަށް އިހުތިރާމްކުރާ ބައެއް ނޫންކަން ހެކިތަކުން ފެންނަން އެބައޮތް ކަމަށެވެ. އަދި އެމެރިކާގެ އޮފިޝަލުންގެ އަމަލުތަ...