މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
އެމްޑީޕީ ސަރުކާރުން ކަނޑުގެ ބައެއް ދޫކޮށްލީ ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނެއް ޚަރަދުކުރުމަށްފަހު: ރައީސް
Raajje

އެމްޑީޕީ ސަރުކާރުން ކަނޑުގެ ބައެއް ދޫކޮށްލީ ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނެއް ޚަރަދުކުރުމަށްފަހު: ރައީސް

މިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލީ ވަކީލުންނަށް ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުމަށްފަހުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީ އަށް ލިބިފައިވާތީ އެ ކާމިޔާބީ ފާހަގަކުރުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާދުރުނޫން މާޒީގައި ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށ...

ކާމިޔާބީ ފާހަގަކުރަން ރައީސްގެ ދެކަނބަލުން ދ.މީދު އަށް ވަޑައިގެންފި
Raajje

ކާމިޔާބީ ފާހަގަކުރަން ރައީސްގެ ދެކަނބަލުން ދ.މީދު އަށް ވަޑައިގެންފި

ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް ހޮނިހިރު  ދުވަހު ބޭއްވި އިތުރުބުރުގެ ވޯޓުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީން)ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކާމިޔާބުކުރުމުން އެކަން ފާހަގަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު މީދޫއަށް ވަޑައިގަންނަވައިފިއެވެ. ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ  ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ […]

ރައީސްގެ ދެކަނބަލުން ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލައްވައިފި
Raajje

ރައީސްގެ ދެކަނބަލުން ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އެ ތަނުގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު އޮޅުންފިލުއްވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭ އޮރެންޖު ހިޔާގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއިއެކު ހިންގަމުންދާ މި ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރެއްވީ މިއަދު މެންދުރުއެވެ. ރައީސްގެ ދެކަނބަލުންގެ މި ޒިޔާރަތުގައި އެ ދ...

''ރާއްޖެ ފަދަ ގައުމެއްގައި ވަގުތުން ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރަން ލިބޭ ބޮޑު ފުރުސަތެއް''
Raajje

''ރާއްޖެ ފަދަ ގައުމެއްގައި ވަގުތުން ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރަން ލިބޭ ބޮޑު ފުރުސަތެއް''

ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވަގުތުން ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، އެއްވެސް އުޖޫރައަކާ ނުލައި ލޭ ހަދިޔާކުރާ ފަރާތްތަކުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާ އަގުނު...

މީދޫ ކައުންސިލު ރައީސްގެ ގޮނޑި ޕީއެންސީގެ ސުހާ އަށް، ރައީސްގެ ތަހުނިޔާ
Raajje

މީދޫ ކައުންސިލު ރައީސްގެ ގޮނޑި ޕީއެންސީގެ ސުހާ އަށް، ރައީސްގެ ތަހުނިޔާ

ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް މިއަދު ބޭއްވި އިތުރުބުރުގެ ވޯޓުގައި އެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކުރި ހޯދައި އެ ގޮނޑި ކާމިޔާބުކޮށްފިއެވެ. ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ  ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން 14 މެއިގައި ކުރި ހުކުމާއި ގުޅިގެންނެވެ. އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި […]

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ 137 ދަރިވަރަކު ސިފައިންގެ ތަމްރީނު ނިންމައި ދަސްވެނިވެއްޖެ
Raajje

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ 137 ދަރިވަރަކު ސިފައިންގެ ތަމްރީނު ނިންމައި ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ސިފައިންގެ ޚިދުމަތާ ގުޅުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ފުރަތަމަ ބެޗުގެ 137 ދަރިވަރަކު، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ. މި މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ވިދާޅުވީ، މި ޕްރޮގްރާމަކީ “އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް” ސަރުކާރުން...

އުމުރުން 100 އަހަރުގައި ނިލަންދޫ ކަތީބު ދޮންބެ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ
Raajje

އުމުރުން 100 އަހަރުގައި ނިލަންދޫ ކަތީބު ދޮންބެ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ

ފ. ނިލަންދޫއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އުމުރުން 100 އަހަރުގައި ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ކަތީބު ދޮންބެއަކީ ނިލަންދޫގެ ކަތީބުކަމުގެ މަގާމުގައި އެ ރަށުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 1992 ވަނަ އަހަރު އޭނާ ވަނީ ހާސިލުކުރައްވާފައެވެ.   ކަތީބު ދޮންބެ ނިޔާވުމުން ފޮނުއްވި [...

އާސިފް އާއިލާއަށް ރައީސްގެ ތައުޒިޔާ
Raajje

އާސިފް އާއިލާއަށް ރައީސްގެ ތައުޒިޔާ

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ހއ. އުލިގަމަށް ނިސްބަތްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ރޭ ނިޔާވެފައިވާއިރު، އާސިފްގެ ޢާއިލާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ތައުޒިޔާ މެސެޖުގައި ވިދާޅުވީ، މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ. “މަރްޙޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން...

ވޯލްޑް ކަޕްގައި ރައީސްގެ ޓީމަކީ އާޖެންޓީނާ، ދެވަނަ ޗޮއިސްއަކީ އިނގިރޭސިވިލާތް
Raajje

ވޯލްޑް ކަޕްގައި ރައީސްގެ ޓީމަކީ އާޖެންޓީނާ، ދެވަނަ ޗޮއިސްއަކީ އިނގިރޭސިވިލާތް

މާދަމާ ރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026 ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަޕޯޓުކުރައްވަނީ އާޖެންޓީނާއަށް ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަތަކެއްގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ޙަރަކާތެއްގެ ތެރެއިންނެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށެވެ. “އަޅުގަ...

މޯދީ ބޮޑުވަޒީރުކަމުގައި 4،399 ދުވަސް، ދިގުމުއްދަތުގެ ރެކޯޑަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
International

މޯދީ ބޮޑުވަޒީރުކަމުގައި 4،399 ދުވަސް، ދިގުމުއްދަތުގެ ރެކޯޑަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

އިންޑިއާގެ ތާރީޚުގައި އެޤައުމުގައި ވިދިވިދިގެން އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވުމުގެ ޝަރަފު ހާސިލްކުރެއްވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މޯދީ އަށް ތަޙްނިޔާ ފޮނުއްވައި ރައީސް މުޢިއްޒު މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖުގައި، ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް އިޙުތިރާމާއި ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ލާބައާއި މަނ...

ރައީސަށް ނިސްބަތްކޮށް ޝަމްޢާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: ތަރުޖަމާނު
Raajje

ރައީސަށް ނިސްބަތްކޮށް ޝަމްޢާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: ތަރުޖަމާނު

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު މީސް މީޑިއާގައި ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއާގައި އެ ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ޝަމްޢާން މ...

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ 
International

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ 

މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި ބިންހެލުމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައިކަން ވަނީ ހާމަކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ […]

ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
Raajje

ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ފިލިޕީންސް، ނެދަލެންޑްސް އަދި ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވި ތިން ރަސްމިއްޔާތެއްގައި މި ބޭފުޅުން ވަނީ ފަތްކޮޅު އަރުވާފައެވެ. ރިޕަބްލިކް އޮފް ފިލިޕީންސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް ފަތްކޮޅު އެރުވުމަށްފަހު ރައީސާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމ...

ވަތަނީ ޚިދުމަތުގެ ދެވަނަ ފުރުސަތަށް ކުރިމަތިލި 352 ޒުވާނަކު ތަމްރީނަށް
Raajje

ވަތަނީ ޚިދުމަތުގެ ދެވަނަ ފުރުސަތަށް ކުރިމަތިލި 352 ޒުވާނަކު ތަމްރީނަށް

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1,785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ތަމްރީނަށް ފުރައިފިއެވެ. މިކަން ހާމަކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، މިއީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ ތިންވަނަ ބެޗު ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ […]

''މަޢުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއް''
Raajje

''މަޢުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއް''

މަޢުލޫމާތު ލިބިގަތުމަކީ ހާމަކަންބޮޑު، ޒިންމާދާރު، އަދި ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ މައިގަނޑު އެއް ތަނބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ މިއަދު ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ވުޒާރާތަކުން އިސްވެ މަޢުލޫމާތު ހާމަކޮށް، އެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާފ...