މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 956 ވަނަ ޞަފްޙާ

މޫސުން ގޯސްވެ ތިލަދުންމަތިން ފެށިގެން ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު!

މޫސުން ގޯސްވެ ތިލަދުންމަތިން ފެށިގެން ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު!

މޫސުން ގޯސްވެ، ތިލަދުންމަތިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނުވަތަ ވައިޓް އެލާޓް ނެރެފި އެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދު ތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެ. މިގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވާ ސަރަހައްދު ތަކަކީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް އަދި ގއ. […]

ޝިއުނާ އާދަމް
ކެލާ ހިމެނޭހެން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ކެލާ ހިމެނޭހެން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ސިއްހީ ދާއިރާއިން ރާއްޖޭގެ އަތޮޅުތަކުން ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ހއ.ކެލާ ހިމެނޭހެން އިތުރު ދެ ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ. މި އެމްބިއުލާންސްތައް ފޮނުވާފައި ވަނީ ހއ.ކެލާގެ އިތުރުން ގއ.ދާންދުއާއި ގދ.ހޯޑެއްދުއަށް ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. އެމްބިއުލާންސް ފޮނުވުނު އެއްރަށް ކަމަށްވާ ގދ. ހޯޑެއްދޫގައި ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގެ ސިއްޙީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސ...

ޝިއުނާ އާދަމް
ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި މަޢުލޫމާތު ވަޒީރުންގެ މަޖިލީހާއި ހިއްސާ ކުރައްވައިފި

ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި މަޢުލޫމާތު ވަޒީރުންގެ މަޖިލީހާއި ހިއްސާ ކުރައްވައިފި

މާލެ ސަރަހައްދާއި، އަތޮޅު ތެރޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު އަޅަމުން ގެންދާ ފިޔަވަޅުތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރައްވައިފިއެވެ. އެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާއި ހިއްސާ ކުރެއްވީ މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާ އެއްގައެވެ. އަތޮޅުތެރޭގެ ރަށަކުން ގިނަ ކޭސްތަކެއް ފެނިފައިވާތީ، އެކަމާ ގުޅިގެން އެ ރަށުގައި އަޅަމުންގެންދާ ޚާއްޞަ ފިޔަވަޅުތަކާއި، އަތޮޅުތަކުން އެހެން ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ފަރުވާ...

ޝިއުނާ އާދަމް
ދިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހޭ: މަލީޙް

ދިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހޭ: މަލީޙް

ދިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަލީޙް މިހެން ވިދާޅުވީ ޑަބްލިއު.އެސް.އައި.އެސްގެ 2020 ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު މަލީޙް ވިދާޅުވީ 21 ވަނަ ޤަރުނުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މިހާރު ކުރި...

ޔުމްނާ ޢަލީ
ރައީސް އޮފީހަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކެއް ކުރެއްވި މުޙައްމަދު ޤާސިމްގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

ރައީސް އޮފީހަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކެއް ކުރެއްވި މުޙައްމަދު ޤާސިމްގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ގަލޮޅު ޓޮޕާޒް މުޙައްމަދު ޤާސިމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މުޙައްމަދު ޤާސިމްގެ ލޮބުވެތި އަނބިކަނބަލުން ނަފީސާ މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ނަފީސާއަށާއި ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒި...

އިބްރާހިމް އަސްވާޤް
މުއްދަތު ހަމަވިއިރު ޖާބިރާއި ނަސީރު މާލީ ބަޔާން ހުށަނާޅުއްވާ

މުއްދަތު ހަމަވިއިރު ޖާބިރާއި ނަސީރު މާލީ ބަޔާން ހުށަނާޅުއްވާ

ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން އޮންނަ މުއްދަތު ހަމަވިއިރު، މަޖިލީހުގެ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާޙިމް ނަސީރު ފިޔަވާ އެހެން ހުރިހާ މެމްބަރުން މަލީ ބަޔާން ހުށަހަޅައިފިއެވެ. މަޖިލިސް ގަވާޢިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހެނީ ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިންނެވެ. މަޖިލިސް ގަވާޢިދު ބުނާގޮތުން […]

އަލީ އާދިލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ރަޝީދު އާއި ޑރ މުޙައްމަދު އިބްރާހީމް ޢައްޔަންކުރައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ރަޝީދު އާއި ޑރ މުޙައްމަދު އިބްރާހީމް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމ...

ޔުމްނާ ޢަލީ
އުލިގަމުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތެއް

އުލިގަމުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތެއް

ހއ. އުލިގަމުގައި ދީނީގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. އުލިގަމު ކައުންސިލުން ބުނީ ދީނީ ގޮތުން އުލިގަމު ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް އެ ކައުންސިލުން މި އަހަރު ހިންގުމަށް ރާވާފައިވާ ދަޢުވަތު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް، މި މިހިނގާ ސެޕްޓެމްބަރު މަހު ތެރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ. މިހަރަކާތް ކުރިއަށް ގެން ދިއުމަށް ނިންމާފައި ވަނީ “އުފާވެރި ދިރިއުޅުމަކަށް” މި ނަމުގައެވެ. މި ހަރަކާތަކީ އުލުގަމު ކައުނ...

ޝިއުނާ އާދަމް
84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ. މިޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ 20:45 އެހައިކަންހާއިރު ތ ގުރައިދޫ ގައި 84 އަހަރުގެ ދިވެހި ފިރިހެނަކު، އެ ރަށު ޖެޓީއާއިދިމާ ފަޅުތެރެއަށް މޫދަށް ވެއްޓިފައިވާކަމަށެވެ. ފުލުހުން ބުނީ އެމީހާ މަރުވެފައިވަނީ ގުރައިދޫ ހެލްތު ސެންޓަރ އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ބުނެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މަރުވި މީހާއަކީ އެކަނި […]

އަލީ އާދިލް
ޗައިނާގެ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ގުޅުން ބަދަހިކުރުން: ސަފީރު

ޗައިނާގެ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ގުޅުން ބަދަހިކުރުން: ސަފީރު

ޗައިނާއިން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ޤައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ސިޔާސަތު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ. ސަފީރު މިގޮތަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޗައިނާއިން އެހީވެދީ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަަންނަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލ...

އަލީ އާދިލް
އޭދަފުށީ މަގު ތަކުގައި ތާރު އަޅާ ނިމި، މަޝްރޫޢުގެ %87 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

އޭދަފުށީ މަގު ތަކުގައި ތާރު އަޅާ ނިމި، މަޝްރޫޢުގެ %87 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ބ.އޭދަފުށީގައި ހަދަމުންދާ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމި، އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ %87 މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީއިން ބުނީ ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %87 ނިންމައި، މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު މި މަޝްރޫޢުގެ ދަށުން ކުރިއަށް ދަނީ ފެން […]

އަޙްމަދު ވަހީދު
ތާށިވެފައިވާ އޮތް ތައުލީމުގެ ބިލަށް ޓީޗަރުންގެ ޖަމްޢިއްޔާގެ އިސްލާޙްތަކެއް

ތާށިވެފައިވާ އޮތް ތައުލީމުގެ ބިލަށް ޓީޗަރުންގެ ޖަމްޢިއްޔާގެ އިސްލާޙްތަކެއް

ރައްޔިތުންގެ މަޖިލިސްގައި މަސައްކަތް ނުނިމި ތާށިވެފައި އޮތް ތަޢުލީމުގެ ބިލަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)އިން ގިނަ އިސްލާހްތަކެއް ހުށަހަޅައިފިއެވެ. ޓީއޭއެމް އިން ތައުލީމުގެ ބިލަށް އިސްލާޙްތަކެއް ހުށަހެޅުމާއިއެކު މިހާރު އޮތް ތަޢުލީމާއި ބެހޭ ޤާނޫނުގައި ހުރި، އެ ޖަމްޢިއްޔާއިން ކަންބޮޑުވާ މާއްދާތައް ފާހަގަކޮށް އެ މާއްދާތަކާއި ގުޅޭ އެޖަމްޢިއްޔާގެ ކަންބޮޑުވުންތަކާއި، ޚިޔާލުތައް ވެސް ހުށަހަޅާފައި ވެއެވެ. މިގޮތުން އެ ޖަމްޢިއްޔާއިން ތަޢުލީމުގެ ބިލުގައި ހިމެނުމަށް އެދިފައިވާ ބައެއް ނުކ...

ޔުމްނާ ޢަލީ
މިއީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް: އެމްއެޗްޕީޔޫ

މިއީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް: އެމްއެޗްޕީޔޫ

ރައްޔިތުންގެ މަޖްލިސްއިން އިއްޔެ ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު، އިއްޔެއަކީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ. އެ ޖަމްޢިއްޔާއިން މިހެން ބުނެފައި ވަނީ އިއްޔެ އެ ޖަމްޢިއްޔާއިން ކޮށްފައިވާ ޓުވީޓެއްގައި އެވެ. އެމްއެޗްޕީޔޫއިން ބުނީ ރައްޔިތުންގެ މަޖްލިސްއިން، ވަޒީފާ އާއި ބެހޭ ގާނޫނަށް، ގެނައި އިސްލާހުތަކާއި އެކު، ޖޮބް ސެކިއުރިޓީ ގެއްލިގެންދާނެ ކަމަށެވެ. ” މިއީ، މަސައްކަތް ތެރިންނަށް ކަޅު ދުވަހެކެވެ. [...

އަލީ އާދިލް
ސަމާލުވޭ! މަކަރާއި ހީލަތުން ފައިސާ ހޯދަން، ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވަނީ

ސަމާލުވޭ! މަކަރާއި ހީލަތުން ފައިސާ ހޯދަން، ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވަނީ

ޑޮލަރު ހޯދައިދޭނަކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ސައްހަނޫން ޓްރާންސްފަރ ސްލިފް ފޮނުވާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް އާންމުން ސަމާލުވެ ތިބުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެ އެވެ. ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ މިހާރަކަށް އައިސް، ޑޮލަރު ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވެން ފަށާފައިކަމަށާއި މީގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފަރ ކުރުމަށްފަހު ނުބ...

ހުސައިން ހަބީބް
ވަގަށް ނެގި 352،500 ރުފިޔާ ހޯދައިފި

ވަގަށް ނެގި 352،500 ރުފިޔާ ހޯދައިފި

ލ. ކަލައިދޫ ގެއަކުން ވަގަށް ނެގި 352،500 (ތިން ލައްކަ ފަންސާސް ދެ ހާސް ފަސްސަތޭކަ ރުފިޔާ) ރޭ ހޯދައިފި އެވެ. ފުލުހުންބުނެފައިވަނީ، ލ. ކަލައިދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އަތޮޅު ގަމާއި އިސްދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފައިސާތައް ހޯދާފައި ވަނީ ރަށުތެރޭގައި ވަޅުލާފައި ހުއްޓަ އެވެ. އެ ސަރަހައްދު ބަލައި ފާސްކުރިއިރު ތިން ލައްކަ ފަންސާސް ދެ ހާސް […]

ޔުމްނާ ޢަލީ