މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,833 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 27 ވަނަ ޞަފްޙާ

މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ތުހުމަތުވި މީހާ ސަލާމަތްވެއްޖެ

މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ތުހުމަތުވި މީހާ ސަލާމަތްވެއްޖެ

މީގެ 10 އަހަރު ކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި އެކަމުގައި އެހީތެރިވި ކަމަށް ބުނެ ދައުވާކުރި އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ޖޫން, 2016 ގައި މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލާގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީ ހައްޔަރުކުރީ އެ ހާދިސާއަށްފަހު އޭނާ ހޯދަމުންދާތާ ތިން އަހަރުފަހުން 2019 ވަނަ […]

ހުސައިން ހަބީބް
އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތް – 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ބެހިފައިވަނީ ދެ ގިންތިއަށެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. އޮފީސްތަކުގެ ބައިގައި ވުޒާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ އޮފީސްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ދިވެހިބަހުގެ އެކަޑަމީން މައުލޫމާތުދ...

ފާތިމަތު ސަޙާ
ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އަންހެނަކު ނިޔާވެއްޖެ

ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އަންހެނަކު ނިޔާވެއްޖެ

ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ދިވެހި އަންހެނަކު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު މި ހާދިސާ ހިނގާފައިވަނީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، މި ހަރަކާތުގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ އެ […]

ޔުމްނާ ޢަލީ
މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި

ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބ...

އަލީ އާދިލް
ޔޫއޭއީގެ މަޝްހޫރު 'މަސްދަރު' ކުންފުންޏާއެކު މަސައްކަތްކުރަން ރާއްޖެއިން މަޝްވަރާކޮށްފި

ޔޫއޭއީގެ މަޝްހޫރު 'މަސްދަރު' ކުންފުންޏާއެކު މަސައްކަތްކުރަން ރާއްޖެއިން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ހަކަތައާއި، ފެނާއި އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ވަޒީރު ޢަލީ ޝަރީފް، ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް، ހަރ އެކްސެލެންސީ ހިބާ އަލް ޖުނައިބީއާ ބައްދަލުކުރައްވައި ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޔޫއޭއީގެ މަޝްހޫރު ‘މަސްދަރު’...

ޔުމްނާ ޢަލީ
ކަރެކްޝަންސްގެ ''އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް''ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ކަރެކްޝަންސްގެ ''އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް''ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި “އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް”ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހ...

ޝިއުނާ އާދަމް
މާދަމާއަށް ތާވަލްކުރި ޔާމީންގެ ޝަރީއަތް ދައުލަތުން އެދިގެން ކެންސަލްކޮށްފި

މާދަމާއަށް ތާވަލްކުރި ޔާމީންގެ ޝަރީއަތް ދައުލަތުން އެދިގެން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން މާދަމާ ބާއްވަން ހަމަޖެއްސި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ. ވަކިވަކިން ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން […]

ހުސައިން ހަބީބް
މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ފުރުސަތު ދިނުމަކީ ލީޑަރެއްގެ ސިފައެއް: އިޙްސާން

މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ފުރުސަތު ދިނުމަކީ ލީޑަރެއްގެ ސިފައެއް: އިޙްސާން

މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ފުރުޞަތު ދިނުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ބައްޓަން ކުރުމަކީ ލީޑަރެއްގެ ސިފައެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ‘ވިމެން އިން ޕޮލިސިންގ ޑޭ’ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. އެ ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރ...

ޔުމްނާ ޢަލީ
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ވަފުދެއް ރަސްމީ ދަތުރެއްގައި ޕާކިސްތާނަށް

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ވަފުދެއް ރަސްމީ ދަތުރެއްގައި ޕާކިސްތާނަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދެއް ރަސްމީ ދަތުރެއްގައި މިއަދު ޕާކިސްތާނަށް ފުރައިފިއެވެ. ޕީއެންސީން ބުނިގޮތުގައި މި ދަތުރުގައި ޕާކިސްތާނަށް ވަޑައިގެންނެވި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ. އަބުދުއްރަޙީމްގެ އިތުރުން މި ވަފުދުގައި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، އެ ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީ...

އަލީ އާދިލް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވަނީ

“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން...

ޔުމްނާ ޢަލީ
ރަސްމާލެ މަޝްރޫއު ރޭވީ ޑޮލަރުގެ ދަތިކަމަށް ހައްލު ލިބޭ ގޮތަށް: ޒަރީރު

ރަސްމާލެ މަޝްރޫއު ރޭވީ ޑޮލަރުގެ ދަތިކަމަށް ހައްލު ލިބޭ ގޮތަށް: ޒަރީރު

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޭ ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ކުރި ސުވާލަކަށ...

ޔުމްނާ ޢަލީ
އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފި

އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފި

ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އަމާން އުދަރެސްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އަދި އެ މީހުން ދުއްވި ސައިކަލުގެ އިތުރުން، އެ މީހުންނާ ގުޅުން...

އަލީ އާދިލް
ސައިކަލެއް ޓްރަކުން ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި

ސައިކަލެއް ޓްރަކުން ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހަގީގަތް ހާމަކޮށްފިއެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަނީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލުމަށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށެވެ. ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ އެކި ސަބަބުތަކާ ހުރެ ފުލުހުންގެ ބެލުމުގެ ދަށަށް ޓޯކޮށ...

ޔުމްނާ ޢަލީ
އީގަލް ހިލްސްއިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅަނީ، އާންމުންގެ ގޯތިތަކަށް އަސަރެއް ނުކުރާނެ

އީގަލް ހިލްސްއިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅަނީ، އާންމުންގެ ގޯތިތަކަށް އަސަރެއް ނުކުރާނެ

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅައިދޭނެކަމަށް އިންފްރާސްޓަކްޗަރ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނިގޮތުގައި، ރަސްމާލޭގެ މި މަޝްރޫއުގެ ސަބަބުން އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯއްޗާއި ފްލެޓްތަކުގެ އަދަދަ...

ޔުމްނާ ޢަލީ
ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއެކު ރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހޭނެ: ޝުޖާޢު

ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއެކު ރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހޭނެ: ޝުޖާޢު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހި، ރާއްޖެއަކީ އިންވެސްޓަރުން އިތުބާރުކުރާ ޤައުމަކަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ، ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެންނެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހެޔޮ ބަދަލެއް ގެނުވާނެ ކާމިޔާބު މަޝ...

ޔުމްނާ ޢަލީ