ސައިކަލު މަޑިދަށުން 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މީހާ އިއުތިރާފުވެއްޖެ، އެކަމަކު ހައްޔަރެއް ނުކުރޭ!
މާލޭ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 1.5 ލައްކަ (150،000) ރުފިޔާ ވަގަށް ނެގި މީހާ ފުލުހުންގެ ތަހުގީގަށް އިއުތިރާފުވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި، މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ވަނީ ބަލައި ދިރާސާކޮށްފައެވެ. […]