މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:00 އިން 01:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,831 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 20 ވަނަ ޞަފްޙާ

ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަނީ

ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަނީ

ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ، ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ […]

ޔުމްނާ ޢަލީ
ޚިޔާނާތުގެ ފައިސާ ދައުރުކުރި މޮންޓިލިއަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަނީ

ޚިޔާނާތުގެ ފައިސާ ދައުރުކުރި މޮންޓިލިއަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަނީ

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ. މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރިއަށްގެންދިޔަ މައްސަލައެކެވެ. މި ތަހުގީގު ނިންމުމަށް ފަހު، އެ ކުންފުނީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަ...

ޝިއުނާ އާދަމް
ޓެކްނޮލޮޖީއާއި އޭއައިގެ ބަދަލުތަކަށް ޓީޗަރުން ބާރުވެރިކުރުވަންޖެހޭ: މެޑަމް ސާޖިދާ

ޓެކްނޮލޮޖީއާއި އޭއައިގެ ބަދަލުތަކަށް ޓީޗަރުން ބާރުވެރިކުރުވަންޖެހޭ: މެޑަމް ސާޖިދާ

ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެކު ކްލާސްރޫމްތަކަށް އަންނަމުންދާ ބަދަލުތަކާ އިތުބާރާއެކު ކުރިމަތިލުމަށްޓަކައި، މުދައްރިސުން ބާރުވެރިކުރުވައި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ޓެކްނޮލޮޖީއާއި އޭއައިގެ ސަބަބުން ކިޔަވައިދޭ މާ...

ޔުމްނާ ޢަލީ
ޕްލާސްޓިކް ތަޣައްޔަރުވުމުގެ މުއާހަދާގައި ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތައް ހިމަނަން ރާއްޖެއިން ގޮވާލައިފި

ޕްލާސްޓިކް ތަޣައްޔަރުވުމުގެ މުއާހަދާގައި ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތައް ހިމަނަން ރާއްޖެއިން ގޮވާލައިފި

ދުނިޔޭގެ ފެންވަރުގައި އެކުލަވާލަމުންދާ ޕްލާސްޓިކް ތަޣައްޔަރުވުމާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ އެންމެ ފަހުގެ ލިޔުމުގައި ކުދި ޖަޒީރާ ނުވަތަ ރަށްވެހި ގައުމުތަކުގެ ކަންބޮޑުވުންތައް ހަރުދަނާކޮށް ހިމަނައި، އަމަލީ ގޮތުން އެކަންކަން ހިންގުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ތައިލެންޑްގެ ބެންކޮކްގައި ބޭއްވުނު، ޕްލާސްޓިކް ތަޣައްޔަރުވުމާބެހޭ ބައިނަލްއަޤްވާމީ މަޝްވަރާ ކޮމިޓީ (އިންޓަރގަވަމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ – އައިއެންސީ) ގެ 2 ވަނަ އިންފޯމަލް ބައްދަލުވުމުގައެ...

ޔުމްނާ ޢަލީ
މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާ އެކު ދެ ބިދޭސީން ހައްޔަރުކޮށްފި

މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާ އެކު ދެ ބިދޭސީން ހައްޔަރުކޮށްފި

މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ވިއްކައި ވިޔަފާރިކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރް އަދި 23 އަހަރުގެ ކަންނަން އިރުލައްޕަން އެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ...

ޔުމްނާ ޢަލީ
މުދައްރިސުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް

މުދައްރިސުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް

މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެބޭފުޅުން އުފުއްލަވަންޖެހޭ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން، މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މުދައްރިސުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކޮށްދީ، އެންމެން ޝާމިލުވާ ތަޢުލީމީ ނިޒާމެއް ހަރުދަނާކުރުމަށް ކަމަ...

ޝިއުނާ އާދަމް
މެލޭޝިއާ އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ

މެލޭޝިއާ އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ

މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ޒުވާން ދަރިވަރަކު ނިޔާވެފައިވާއިރު، އެ ޒުވާނާގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ދަރިވަރެއް ކަމަށްވާ އާމިނާ އިމީލީ ނާޒިމެވެ. އޭނާ ނިޔާވީ މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި އެކްސިޑެންޓެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރްޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ހެޔޮ ދުޢާ ކުރައްވާފައެވެ....

ޔުމްނާ ޢަލީ
ބޭރުގެ ހަމަލާއަކުން ރާއްޖެ ދިފާޢުކުރަން ވެސް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ވަޒީރު

ބޭރުގެ ހަމަލާއަކުން ރާއްޖެ ދިފާޢުކުރަން ވެސް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ވަޒީރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމަށާއި، ބޭރުގެ ފަރާތަކުން ދީފާނެ ހަމަލާއަކަށް ނުވަތަ އެފަދަ ހާލަތަކަށް ދިވެހި އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ “އަހާ” ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ...

ޔުމްނާ ޢަލީ
ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ

ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ

މަސްތުގެ ހާލަތުގައި ހުރެ، ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ނުރައްކާތެރިކޮށް ދުއްވުމަށްފަހު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި މަގުމަތީގައެވެ. ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މި މައްސަލައާ ގުޅިގ...

ޝިއުނާ އާދަމް
އީގަލް ހިލްސްއާ އެކު ފުރިހަމަ އެއްބަސްވުމެއް ހަދާނީ ރިއަލްއެސްޓޭޓް ޤާނޫނުގެ ދަށުން: އޭޖީ

އީގަލް ހިލްސްއާ އެކު ފުރިހަމަ އެއްބަސްވުމެއް ހަދާނީ ރިއަލްއެސްޓޭޓް ޤާނޫނުގެ ދަށުން: އޭޖީ

ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ “މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫޢުއާ ގުޅިގެން ފުރިހަމަ އެއްބަސްވުމެއް ޤާއިމުކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނާއި މިހާރު ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކުގެ ތެރެއިން މަޝްވަރާތައް ކުރުމަށްފަހު ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައ...

ޔުމްނާ ޢަލީ
ޓްރެފިކް ބާރުބޮޑުވާ ގަޑިތަކަށާއި ސްކޫލް ކުދިންނަށް ޚާއްސަ ބަސްތަކެއް ތަޢާރަފްކުރަނީ

ޓްރެފިކް ބާރުބޮޑުވާ ގަޑިތަކަށާއި ސްކޫލް ކުދިންނަށް ޚާއްސަ ބަސްތަކެއް ތަޢާރަފްކުރަނީ

ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކަށް ޚާއްސަކޮށްގެން ދަތުރުކުރާނެ ބަސްތަކާއި، ސްކޫލް ކުދިންނަށް ޚާއްސަ “ސްކޫލް ފްރެންޑްލީ” ބަސްތަކެއް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ، ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ “އަހާ” ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމ...

ޔުމްނާ ޢަލީ
ހުރުމާއި ކެއުން ހިލޭ: މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ތަމްރީނަށް ކުރިމަތިލުމުގެ ފުރުސަތު

ހުރުމާއި ކެއުން ހިލޭ: މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ތަމްރީނަށް ކުރިމަތިލުމުގެ ފުރުސަތު

2026 ވަނަ އަހަރުގެ 4 ވަނަ “މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދީ، މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް  ގުޅިގެން، ވޯލްޑް ބޭންކުގެ އެހީގައި ހިންގާ “ޓްރާންސްފޯމް ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ކ...

ފާތިމަތު ސަޙާ
ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި

ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި

މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އަމާޒުކޮށްގެން ހިންގާ ގައުމީ ފެންވަރުގެ މަޝްރޫއު “ޕްރޮޖެކްޓް ބައޯކަލޯ” މިއަދު ހުޅުމާލޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. “ރައްކާތެރި، ސާފުތާހިރު އަދި އޯގާތެރި މުޖުތަމައެއް” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަނީ ޖަ...

ޝިއުނާ އާދަމް
ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި

ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ އެޑިޝަން، މި މަހުގެ 17 ވަނަ ދުވަހު ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ހާއްސަކޮށްގެން ބާއްވާ ހިނގާލުމެކެވެ. މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދ...

ޔުމްނާ ޢަލީ
ފުލުހުންގެ އައު ތަރުޖަމާނަކަށް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ހަމަޖައްސައިފި

ފުލުހުންގެ އައު ތަރުޖަމާނަކަށް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ހަމަޖައްސައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް، ހަމަޖައްސަވައިފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި ޝިޔާމް މި މަގާމަށް ހަމަޖެއްސެވީ މިއަދު (4 އޮކްޓޫބަރު 2026) އިން ފެށިގެން ކަމަށެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.  

ޔުމްނާ ޢަލީ