މަހްލޫފާއި އިމާދު ލަތީފް ޕީއެންސީ އަށް
އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިރޭ ސޮއިކުރަށްވައިފިއެވެ. 10 އަހަރު އެމްޑީޕީގެ މެމްބަރެއް ގޮތުގައި ހުންނެވުމަށްފަހު މަހްލޫފް އެ ޕާޓީން ވަކިވެވަޑައިގަތީ 8 ސެޕްޓެމްބަރު 2025 ގައެވެ. އަދި އޭނާ ވަނީ ސަރުކާރާއި ގުޅެން އުޅޭކަމުގެ އިޝާރާތެއް އެއިރު ދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ދެ ދައުރަކު ކުރަށްވާފައިވާ މަހްލޫފް ޕީއެންސީ އަށް...