މާލޭގެ ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ޝޭޑީ ކެބިން ކައިތީ ހުންނަ ރެޑްވޭވް ޕްލާޒާ ކައިރީ ހުރި ސައިހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާދެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:40 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މާފަންނުު ފޮގެޓްމީ ނޮޓް، ކިޔާ ގޭގެ ތިރީގައި […]
މުޙައްމަދު އަފްރާޙް
ސިނަމާލެ ބްރިޖުގައި ގަވާއިދާ ހިލާފުވެގެން 24 ގަޑިއިރުގެ ތެރޭގައި 120 މީހުންނަށް ނަސޭހަތް ދީފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވައިގެންނާއި، ގަވާއިދާ ޚިލާފަށް ލޭން ބަދަލުކޮށްގެން އިއްޔެ އެކަނިވެސް 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާ ކަމަށެވެ. މި އޮކްޓޯބަރު މަހުގެ 11 ވީ ބުދަ ދުވަހު އެ އިދާރާ އިން ވަނީ ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި […]
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފަށައިފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައްޓޯ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 12، މުޝްރިފް މުހައްމަދެވެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި […]
އިބްރާހިމް ޚަލީލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައުދީ އަރަބޮއްޔާ އިން 150 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެގައުމުން ރާއްޖެއަށް ދޭ 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ތެރެއިން 100 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭ ތަރައްގީ ކުރުމަށް ކަމަށާއި އަދި 50 މިލިއަން ޑޮލަރު ހަރަދުކުރާނީ ސިއްހީ ދާއިރާގެ އުމްރާނީ މަސައްކަތްތަކަށް ކަމަށެވެ. މައުލޫމާތު […]
މުޙައްމަދު އަފްރާޙް
ގޭގައި ހައްދާފައި ހުރި ގަހެއްގެ ފޮޓޯ ހިއްސާކޮށްގެން ސްމާޓު ޕޮޓެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ. މިއީ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން އުރީދޫއިން ކުރިއަށްގެންދާ ޕްރޮމޯޝަނެެކެވެ. ސްމާޓު ޕޮޓު ހޯދުމަށް ހިއްސާކުރަން ޖެހެނީ ގޭގައި ހައްދާފައިވާ ގަހެއްގެ ފޮޓޯއެކެވެ. އެ ޕޯސްޓުގައި “ގްރޯވިތުއުރީދޫ” ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ. މީގެ އިތުރުން، އުރީދޫ މޯލްޑިވްސް އާއި ޒުވާން ދަނޑުވެރިޔާ ޓެގު ކުރަން ވެސް އުރީދޫއިން ވަނީ ޝަރުތު ކޮށްފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 21 […]
އަޙްމަދު ވަހީދު
ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް، މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެންނަން އިހަވަންދޫ ދާއިރާގެ މަޖިިސް މެމްބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އޭނާ ހުށަހެޅުއްވި ބިލުގައިވަނީ މަތީ ތައުލީމުދޭ މަރުކަޒަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމަށް، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުމާއި ނުވަތަ ބޭރު ގައުމެއްގަ...
މުޙައްމަދު އަފްރާޙް
107 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު އެވެ. “އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައިފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބ...
ޔުމްނާ ޢަލީ
ރަޝިޔާއިން ޔޫކްރޭންއަށް ހަމަލާތައް ދިނުމަށް ބޭނުންވާ ހަތިޔާރާއި ތަކެތި އުތުރު ކޮރެއާއިން ފޯރުކޮށްދެމުން ދާކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ހާމަކުރެއްވި ގޮތުގައި ފާއިތުވި ހަފްތާ ތެރޭގައި އުތުރު ކޮރެއާއިން 1000 ކޮންޓެއިނާގެ އަސްކަރީ ހަތިޔާރާއި ތަކެތި ވަނީ ރަޝިޔާއަށް ފޮނުވާފައެވެ. އަދި އުތުރު ކޮރެއާގެ ނާޖިންގައި ރަޝިޔާއަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ އަސްކަރީ ހަތިޔާރުތައް އަޅާފައިވާ 300 އަށްވުރެ ގިނަ ކޮންޓެއިނާކަމަށް ބުނެ ފ...
މުޙައްމަދު
އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި މުބާރާތުގެ އިވެންޓުތައް މިއަދު ފެށިނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރެއެވެ. އިވެންޓުތައް ފެށުމުގެ ކުރިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ. މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އާއި އަޝްރާއެވެ. މުބާރާތް ފެށުމަށްޓަކައި ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންނާއި، އެތްލެޓިކްސ...
މުޙައްމަދު އަފްރާޙް
ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ޕީއެންސީ އާ ގުޅިއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހުންނެވި އަޒުހަރު، ޕީއެންސީ އާ ގުޅުނީ މިއަދުއެވެ. އޭނާ ޕީއެންސީ އާ ގުޅުމަށްފަހު، މެމްބާޝިޕް ފޯމު ހަވާކޮށްފައިވަނީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެވެ. މިކަމަށްޓަކައި ބޭއްވި ކުޑަ ރަަސްމިއްޔާތެއްގައި ފޯމު ހަވާލުރުމަށްފަހު އަޒުހަރު ވިދާޅުވީ ޕީއެންސީއަށް ސޮއިކުރަން ނިންމީ އައު ސަރުކާރުގެ ސިޔާސަތުތައް […]
މުޙައްމަދު އަފްރާޙް
ރ. ދުވާފަރުގައި ފީނަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ އިސްމާއީލް މޫސާއެވެ. އަދި އޭނާ މިހާރުވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް އެރަށު މީހަކު ވަނީ ‘’ތިލަދުން’’ އަށް ކަށަވަރުކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އިސްމާއީލް މޫސާ ވަނީ ނިޔާވެފައެވެ.. މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރ. އަތޮޅު ޔޫ […]
މުޙައްމަދު އަފްރާޙް
އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހއ.ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މި މަހުގެ 9 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގައި ހިންގި ހަރަކާތްތަކުން ވަނީ 132000.88 (އެއްލައްކަ ބައްތިރީސް ހާސް ރުފިޔާ، އައްޑިހައަށް ލާރި) ހޯދާފައެވެ. މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރަމުން، މި އިވެންޓ...
އިބްރާހިމް ޚަލީލް
ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ. އެ އޮތޯރިޓީން ވިދާޅުވީ އެންމެބޮޑަށް ފެންބޮޑުވާ ހިސާބުތަކާއި ސަރަހްއްދުތައް އެންމެރަނގަޅަށް އެނގޭނީ އެ ރަށެއްގެ ރައްޔިތުންނަށާއި ކައުންސިލަށް ކަމަށާއި އެހެންވެ، ދުރައިލާ ތައްޔާރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވެސް އެމީހެއްގެ ގެއާއި ފެންބޮޑުވާ ސަރަހައްދުތައް ދެނެގަނެ، އެކަމަށް ސަމާ...
މުޙައްމަދު އަފްރާޙް
ސަރުކާރުގެ ވުޒާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އިދާރާތަކަށް ސިޔާސީ ނުފޫޒް ވަދެފައިވާ ކަން ފާހަގަ ކުރެވެމުންދާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިއިރު ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާ އެކުގައި ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހާއްސަ ގ...
މުޙައްމަދު
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލި ކޮމިޓީގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސައިފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ކުރިން މި ކޮމިޓީގައި ހަތް މެމްބަރުން ތިއްބެވި ނަމަވެސް މިހާރު މެމްބަރަކު ކޮމިޓީ އަށް އިތުރ...
މުޙައްމަދު
ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި އެންމެ ފަހު ފަހަރަށް ހުރިހައި މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ޔަގީނުން ވެސް މަގުތައް ހެދި، ޕާކިން މަލްޓިސްޓޯރީ އެތައް ބިލްޑިންއެއް އަޅައި ޕާކިންގެ ބޮޑު މައްސަލަ އަށް ހައްލެއް […]
މުޙައްމަދު އަފްރާޙް
އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެފަތިހު މަހަށް ނިކުތް މީހާ އަދިވެސް ނުފެންނަ ކަމަށް ގައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހުއްޓުމެއްނެތި ކުރަމުން ކަމަށެވެ. އަދި އެމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މީގެ އިތުރުން ކަނޑުމަގުން ހޯދުމުގެ މަސައްކަތު...
މުޙައްމަދު އަފްރާޙް
އަލަށް އުފެދޭ ސަރުކާރު ގާއިމްވުމުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ. މާލޭގެ މޭޔަރުގެ ހައިސިއްޔަތުން ފަހު ފަހަރަށް ކައުންސިލްގެ މުއައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހަގީގީ މާނާގައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ފޯރިކޮށްދޭތަން ރައްޔިތުންނަށް ފެން...
އިސްމާއިލް މޫސާ