މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,480 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 906 ވަނަ ޞަފްޙާ

ނޮޅިވަރަންފަރުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ނޮޅިވަރަންފަރުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި “ބޭސިކް ފަހާ” ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ 20 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ މި ކޯހުގެ މުއްދަތަކީ ވިހި ދުވަހެވެ. މި ކޯސް އެ ރަށުގައި ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު […]

އިބްރާހިމް ޚަލީލް
ނަޝީދުގެ އިތުބާރުގެ މައްސަލާގައި ހައްލު އެބައޮތް، ފަހަތަށް ޖެހުމެއްނެތް: ނިޔާ

ނަޝީދުގެ އިތުބާރުގެ މައްސަލާގައި ހައްލު އެބައޮތް، ފަހަތަށް ޖެހުމެއްނެތް: ނިޔާ

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ހައްލު އެބައޮތް ކަމަށާއި، ފަހަތަށް ޖެހުމެއްނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ، ނިޔާ މިހެން ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އުޅެގެން އެމްޑީޕީން އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދ...

ޔުމްނާ ޢަލީ
''މުއާމަލާތް ކުރަންވާނީ އެކުވެރިކަން ދެމެހެއްޓޭގޮތައް ރިވެތި ބަހުރުވައިން''

''މުއާމަލާތް ކުރަންވާނީ އެކުވެރިކަން ދެމެހެއްޓޭގޮތައް ރިވެތި ބަހުރުވައިން''

މީސްތަކުންނާއި މުއާމަލާތްކުރާއިރު މުއާމަލާތް ކުރަންވާނީ އެކުވެރިކަން ދެމެހެއްޓޭގޮތައް ރިވެތި ބަހުރުވައިން އިންސާފުވެރިކަމާ ވިސްނުންތެރިކަމާއެކުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”މުޢާމަލާތް ކުރުމުގެ އަޚްލާޤް” އެވެ. މިއަދުގެ ޚުޠުބާގައި މި މަޢުލޫއަށް ވަރަށް ފުރިހަމައަށް އަލިއަޅުވާލާފައިވާއިރު، މުސްލިމުންނަކީ ހިތްތިރި މުޢާމަލާތް ކުރުމުގައި ރިވެތި، މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބަޔެއްކަން ފާހަގަކޮށްފަވެެއެވެ. އަދި މުސްލިމ...

ޔުމްނާ ޢަލީ
ގަވައިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ ބޯޓުތަކެއް ޖޫރިމަނާ ކޮށްފި

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ ބޯޓުތަކެއް ޖޫރިމަނާ ކޮށްފި

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަންކުރި 5 މަސް ބޯޓު ފުރަން ހުއްދަދީފިއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ވަދެ، ޤާނޫނާ ހިލާފަށް މަސްވެރިކަން ކުރަންއުޅުނު ބޭރުގެ 5 މަސްބޯޓެއް ދޫކޮށްލީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ ޖޫރިމަނާ ދެއްކުމުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓު ކަމަށާއި މިއިން ކޮންމެ ބޯޓެއް ވަނީ 1 ލައްކަ […]

މުޙައްމަދު އަފްރާޙް
ލުކަކޫ ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި

ލުކަކޫ ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި

ޔޫރަޕްގައި ވިދިވިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ރޯމާއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކަކޫ މުގުރާލައިފިއެވެ. ރޭ ޔޫރޮޕާ ލީގުގެ ގްރޫޕް ޖީގައި ރޯމާއާއި ސްލާވިއާ ޕްރާގް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ރޯމާ ކާމިޔާބު ކުރިއިރު މި މެޗުގައި ރޯމާއަށް ދެވަނަ ލަނޑު ޖަހައިދިނީ ލުކަކޫއެވެ. ކުރިން ޔުއެފާ މުބާރާތެއްގައި ވިދިވިގެން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އޭނާ ވަނީ އެގާރަ […]

އިބްރާހިމް ޚަލީލް
ޖާހުގެ "ދަ ގާޑަންސް" ގެ ބާކީ ހުރި މަސައްކަތް އާބަންކޯއިން ފަށައިފި، ހަ މަހުން ނިންމަނީ

ޖާހުގެ "ދަ ގާޑަންސް" ގެ ބާކީ ހުރި މަސައްކަތް އާބަންކޯއިން ފަށައިފި، ހަ މަހުން ނިންމަނީ

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރަން ފެށި “ދަ ގާޑަންސް” އެޕްޓާމަންޓުތަކުގެ ބާކީ ހުރި މަސައްކަތްތައް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށައިފިއެވެ. ޖާހާ މި މަޝްރޫއު ހިންގުމަށް ހަވާލު ކުރީ 2017 ވަނަ އަހަރު، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އަދިވެސް މި މަޝްރޫއުގެ މަސައްކަތް ނުނިމޭތީ އެތަނުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މަސައްކަތް ލަސްވާތީ މީގެ ކުރިން ޖާހުން ބުނީ މަސައްކަތް ލަސްވީ ކޮވިޑާ ގުޅިގެން […]

އަޙްމަދު ވަހީދު
ބްރައިޓަން އަށް ޔޫރަޕުގައި ފުރަތަމަ މޮޅު

ބްރައިޓަން އަށް ޔޫރަޕުގައި ފުރަތަމަ މޮޅު

ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ބީގައި ރޭ ބްރައިޓަންއާއި އަޔެކްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ތާރީހީ މޮޅެއް ބްރައިޓަން އިން ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބްރައިޓަން އިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ ބްރައިޓަންގެ ތާރީހުގައި ވެސް ޔުއެފާގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ޔޫރޮޕާ ލީގް ގްރޫޕް ބީގައި ބްރައިޓަން ކުޅުނު ފުރަތަމަ މެޗުން އޭއީކޭ އެތެންސް އަތުން ބަލިވިއިރު، މާސޭއަތުން ވީ އެއްވަރެވެ. ނަމަވެސް […]

އިބްރާހިމް ޚަލީލް
އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން ޓީވީއެއް ހޯދުމުގެ ފުރުސަތު

އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން ޓީވީއެއް ހޯދުމުގެ ފުރުސަތު

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭން ނަގައިގެން ޓީވީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހުގެ 10 އިން ފެށިގެން އަންނަ މަހުގެ 10 އާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އަޔާދީގެ ހޯމް ކޮންޓެންޓް ޕްލޭންތަކުގެ ތެރެއިން ޕްލޭނެއް ނަގާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވޭނެއެވެ. އަޔާދީން ހޯމް ކޮންޓެންޓްގެ 3 ޕްލޭނެއް ވަނީ ތަައާރަފުކޮށްފައެވެ. އެއީ ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނާއި އަހަރެންގެ ހިޔާ ޕްލޭނާއި ހިޔަވާހި ޕްލޭނެވެ. މި […]

އަޙްމަދު ވަހީދު
ހުއްޓާލި ފައިނަލް މެޗު ނުކުޅެ، ކުމުންދޫ ކައުންސިލް ފުޓްސަލް މުބާރާތް ނިންމާލައިފި

ހުއްޓާލި ފައިނަލް މެޗު ނުކުޅެ، ކުމުންދޫ ކައުންސިލް ފުޓްސަލް މުބާރާތް ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023″ގެ ފިރިހެން ބައިގެ ފައިނަލުގައި ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ބައްދަލުކުރި މެޗު ހަމަނުޖެހުންހިނގައި ހުއްޓާލާފައިވަނިކޮށް، ލިބުނު އިންޒާރަކާ ގުޅިގެން މިއަދު އަލުން ކުޅެން ނިންމި މެޗު ކެންސަލްކޮށް މުބާރާތް ނިންމާލައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގައި ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ބައްދަލުކުރި ފައިނަލު މެޗުގެ ކުޅުން އޮތީ މި މަހުގެ 23 ވަނަ ދުވަހުގެ ރެޔެވެ. މި މެޗުގައި […]

ޔުމްނާ ޢަލީ
ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ އެފަދަ އިތުރު މައްސަލައެއް

ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ އެފަދަ އިތުރު މައްސަލައެއް

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިނުކޮށް އޮއްވާ އެފަދަ އެހެން މައްސަލައެއްގައި އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން އިން އަނެއްކާވެސް މަޖިލީހަށް ފޮނުވައިފި އެވެ. ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ކުރިން މަޖިލީހަށް ފޮނުވި ނަމަވެސް އެކަމާ މެދު މަޖިލީހުން ގޮތެއް ނުނިންމަ އެވެ. […]

ހުސައިން ހަބީބް
ނަޝީދުގެ އިތުބާރުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ނަޝީދުގެ އިތުބާރުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ. އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާއެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދުގެ މައްސަލައެވެ. ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރާނެ ކަން މަޖިލީހުގެ މެމްބަރުންނަށް އަންގަވައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ފޮނުއްވި ސިޓީގައި މ...

ޔުމްނާ ޢަލީ
ދިވެހި ރެޑް ކްރެސެންޓްގެ ފަލަސްޠީނު ރިލީފް ފަންޑުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ރެޑް ކްރެސެންޓްގެ ފަލަސްޠީނު ރިލީފް ފަންޑުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ރެޑް ކްރެސެންޓް (އެމްއާރުސީ)ގެ ފަރާތުން ފަލަސްތީނުގެ ޣާޒާ އަށް އެހީވުމަށް ކުރިއަށްގެންދާ ރިލީފް ފަންޑްގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ. އެކަން ހާމަކޮށްފައި ވަނީ ދިވެހި ރެޑްކްރެސެންޓުގެ ފަރާތުން ނެރުނު ބަޔާނެއްގައެވެ. އެމްއާރުސީގެ ބަޔާނުގައި ބުނީ އެ ޖަމިއްޔާގެ ފަރާތުން ޣާޒާ އަށް އެހީވުމަށް ކުރިއަށްގެންދާ ރިލީފް ފަންޑުގެ މުއްދަތު އިތުރުކޮށްދޭން އާންމުން އެދެމުން އަންނަކަމަށެވެ. އެހެންވެ އެ ފަންޑުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މި މުއްދަތު އިތުރުކުރަން ނިންމާފައި ވަނީ އަން...

ޔުމްނާ ޢަލީ
ހައިކަލް ސުލައިމާން އަކީ ކޮބާ؟

ހައިކަލް ސުލައިމާން އަކީ ކޮބާ؟

ޔަހޫދީން ކިޔާ ހައިކަލް ސުލައިމާން އަށް “ސޮލޮމޮން ޓެމްޕަލް” ނުވަތަ “ފަސްޓް ޓެމްޕަލް” ވެސް ކިޔައެވެ. ތަފާތު ނަންނަމުން ކިޔަސް އެތަން ނިސްބަތް އެ ކުރަނީ ނަބިއްޔާ ސަލާމްލެއްވި ސުލައިމާންގެފާނު ބިނާކުރެއްވި މިސްކިތްކޮޅު ކަމަށްވާ “ބައިތުލްމަޤްދިސް” އަށެވެ. މައިތުލްމަޤްދިސް ހުރި ސަރަޙައްދަށް މުސްލިމުން ކިޔަނީ “އަލްޙަރަމުއްޝަރީފް” އެވެ. އިނގިރޭސީން ކިޔަނީ “ޓެމްޕަލް މައުންޓް” އެވެ. މާތްﷲ ގެ އަމުރުފުޅަށް ޤުދުސްގެ ބިމުގައި ނަބިއްޔާ ސުލައިމާންގެފާނު ބައިތުލްމަޤްދިސް ބިނާކުރެއްވިއެވެ. އެ މިސްކިތްކޮޅު ބިނާ ކު...

ޢަބްދުﷲ ސަޢީދު
ދަ ޑިމޮކްރެޓްސްގެ މެމްބަރޝިޕް ޑްރައިވް ކެމްޕޭން ފެށުން މިއަދު

ދަ ޑިމޮކްރެޓްސްގެ މެމްބަރޝިޕް ޑްރައިވް ކެމްޕޭން ފެށުން މިއަދު

ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ މެމްބަރޝިޕް ޑްރައިވް ކެމްޕޭން މިއަދު އިފްތިތާހްކުރަން ނިންމައިފިއެވެ. ދަ ޑިމޮކްރެޓްސް އިން ބުނިގޮތުގައި އެ ޕާޓީގެ މެމްބަރޝިޕް ޑްރައިވް ކެމްޕޭން މިއަދު ވަނީ އިފްތިތާހްކުރުން ހަމަޖެހިފައެވެ. މި ހަރަކާތް އިފްތިތާހް ކުރުން އޮންނާނީ މިއަދު ހަވީރު 16:00 ގައި އެ ޕާޓީގެ މައި ހަރުގެ (ހައުސް އޮފް ޑިމޮކްރެޓްސް) ގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް […]

ޔުމްނާ ޢަލީ
ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ގްރޭޓާ މާލޭ ސަރަހައްދުގައި ފަށައިފި

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ގްރޭޓާ މާލޭ ސަރަހައްދުގައި ފަށައިފި

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން އިއްޔެ މި ޚިދުމަތް ފަށާފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދަށެވެ. މިކަމަށްޓަކައި މާލޭގެ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި މިޚިދުމަތް ފައްޓަވާދެއްވީ ސިއްހަތާބެހޭ ވަޒީރު އަޙްމަދު ނަސީމެވެ. މި ޚިދުމަތާއި ގުޅޭގޮތުން ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މިޚިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ މެޑިކަލް އެމަރޖެންސީތަކާއި އެކްސިޑެންޓްތަކުގާ...

ޔުމްނާ ޢަލީ
ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފިއެވެ. ޝިޔާންޓޭ ޕީޕީއެމާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ށ. ވެރިރަށް ފުނަދޫގައި 18 ސެޕްޓެމްބަރު 2023ގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މީސް މީޑިއާ މެދުވެރިކޮށް ޝިޔާންޓޭ މިހާރު ވަނީ އަން މަޖިލިސް އިންތިޚާބުގައި މިލަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ހާމަކުރަ...

ޔުމްނާ ޢަލީ
ނުވިކިހުރި ވިނަރެސް ފްލެޓުތައް ވިއްކަން ހުޅުވާލަން ނިންމައިފި

ނުވިކިހުރި ވިނަރެސް ފްލެޓުތައް ވިއްކަން ހުޅުވާލަން ނިންމައިފި

ނުވިކި ހުރި ވިނަރެސް ފްލެޓުތައް ވިއްކަން އާބަންކޯއިން ނިންމައިފިއެވެ. އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިނަރެސް މަޝްރޫއުގެ ދަށުން ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަރުހާލާތައް ނިންމައި އެ ފަރާތްތަކުން ފުލެޓް ހަވާލުކޮށް ނިމުމުންނާއި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހު ބާކީ ފުލެޓުތަކެއް ނުވިކި ހުން...

އަޙްމަދު ވަހީދު
އޭސީސީން ހޯދަން އެންގި 20 މިލިއަންކީ ކުރީ ސަރުކާރުގެ މުއާމަލާތްތަކާ ގުޅޭ ފައިސާ: ފެނަކަ

އޭސީސީން ހޯދަން އެންގި 20 މިލިއަންކީ ކުރީ ސަރުކާރުގެ މުއާމަލާތްތަކާ ގުޅޭ ފައިސާ: ފެނަކަ

އޭސީސީން ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ، ކުރީ ސަރުކާރުން ހިންގާފައިވާ މުއާމަލާތްތަކަކާ ގުޅޭ ފައިސާކަމަށް، ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މިއަދު ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭސީސީން ހޯދަން އެންގީ 2018 ނޮވެމްބަރުގެ ކުރިން ހިންގާފައިވާ 4 މުއާމަލާތަކާގުޅޭ ފައިސާކަމަށެވެ. އަދި އޭސީސީން ބަލަމުންދާ މައްސަލަތަކުގެ އަދަދުކަމަށް ބަޔާންކޮށްފައިވާ ތަފާސްހިސާބަކީ، 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި އަދަދު ކަމަށާއި، ޒިންމާވާ ފަރާތްތަކުގެ އަތު...

އަޙްމަދު ވަހީދު