ޣައްޒާ އަށް އެއްގަމު މަގުން އެރުމުން ލިބޭ ގެއްލުން ބޮޑު ކަމަށް ޔަހޫދީން އެއްބަސްވެއްޖެ
ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ހަނގުރާމަ ކުރުމުން ބޮޑު ގެއްލުމެއް ލިބޭ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން އެއްބަސްވެއްޖެއެވެ. މި މަހުގެ 7 ވަނަ ދުވަހު، ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ދިން ކުއްލި ހަމަލާއާ އެކުގައި އިސްރާއީލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ މަގުން ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. މުޖާހިދުން އިސްރާއީލްގެ އަވަށްތަކަށް ވަދެގަނެ، އިސްރާއީލް އަސްކަރިއްޔާގެ ސިފައިން ހިމެނޭ [...