ފެނިގެންދަނީ ޑިމޮކްރަސީގެ ނަމުގައި އަމިއްލަ މަސްލަހަތު އިސްކޮށް ރާވައިގެން ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ”ތާށިވެފައި” ވަނިކޮށް އެކްސްގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. ނަޝީދުގެ މައްސަލަ އިއްޔެއާއި މިއަދަށ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމަށް މިހާރު ލިބެންދާ ހުރިހާ ލުއިތަކެއްގެ ޝުކުރު ހައްގުވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް މަޑަވެލިދާއިރާގެ ކުރީގެ މެންބަރު، ޕީޕީއެމްގެ ސެނެޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުއާޒް މިހެން ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ވަރަށް ސީނިއާކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ރައީސް ޔާމީން ގޭކޮޅަށް ބަދަލު ކުރެއްވުމާއި ގުޅިގެން ރައީސް ޞާލިޙަށް ޝުކުރު އަދާ...
ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ ގުރުއަތުލައިފިއެވެ. އަންނަ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގެ ގުރުއަތު ލާފައި ވަނީ މިއަދު އެކަމަށްޓަކައި ވައިކަރަދޫ ކައުންސިލުގައި ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ވައިކަރަދޫގައެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ތާވަލުކޮށްފިއެވެ. މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން އޮތް ދެ ކަމަކީ, މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ. ނަޝީދު ވަކި ކުރުމުގެ މައްސަލަ މިއަދާއި އިއްޔެ އެޖެންޑާ ކުރި ނަމަވެސް ޖަލްސާ އަށް މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވެފައިވާތީ...
މުޙައްމަދު
ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ 97 އިންސައްތަ ފުރިހަމަކުރެވި...
އަޙްމަދު ވަހީދު
ށ. މިލަންދޫ އާއި އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި ދެ މިސްކިތް ވެސް އަޅަން ހަވާލުކޮށްފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓ...
ޔުމްނާ ޢަލީ
އިޙްތިރާމަކީ އެންމެ ދުވަހަކުން ލިބޭނެ އެއްޗެއް ނޫންކަމަށާއި، އިޙްތިރާމު ހޯދުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއެކު އަދާކުރުމަށް ނައިބު ރައީސް ފައިޞަލް ނަޞީމް އިލްތިމާސް ކުރައްވައިފިއެވެ. ނައިބު ފައިޞަލް ނަޞީމް މި އިލްތިމާސް ކުރެއްވީ، މިއަދު މެންދުރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އިޙްތިރާމަކީ އެންމެ ދުވަހަކުން ލިބޭނެ އެއްޗެއް...
ޔުމްނާ ޢަލީ
އިންތިގާލީ މަރުޙަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ގާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށާއި އިންތިގާލީ މަރުހަލާގެ ރޫހަށް އިހުތިރާމުކުރުމަށް އިންތިގާލީ އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ. އެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާނބަސް ބުނެ، އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުޙަލާ ކަމަށެވެ. އަދި މި...
މުޙައްމަދު އަފްރާޙް
ހދ. ނެއްލައިދޫގައި ޑެންގީ ހުމުގެ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެއެވެ. އެރަށު ސިއްހީ މަރުކަޒުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މި ދުވަސްވަރު އެރަށުގައި ޑެންގީ ހުން ފެތުރެމުންދާތީ އެންމެހައި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލައްވާފައި ވެއެވެ. އަދި ބޭނުންކޮށްފައި ހުންނަ ދަޅު، ފުޅި، ކޮތަޅު ފަދަ ތަކެތިި ރައްކާތެރިގޮތުގައި ނައްތަ...
މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފިއެވެ. މުއިއްޒާއި ހުސެއިން ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް 3،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދިނުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ނިންމައިފައެވެ...
މުޙައްމަދު
ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި އިސް ގާޒީ ކަން ވެސް ކުރެއްވި އަދި ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ބައެއް މައްސަލަތައް ފަނޑިޔާރެއްގެ ހައިސިއްޔަތުން ބެއްލެވި ޝަކީލް ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް އެ ކޮމިޝަނުން ނުނިންމައެވެ. ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔާ ވެވޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މިއަދު ބަލައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ އިއްޔެއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދ...
ޔުމްނާ ޢަލީ
ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަ ވުޒާރާ އެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރޭ ބޭއްވި ހަފުލާއެއްގައި އެމަނިކުފާނު ވިދާޅުވީ އެ ދާއިރާ އަށް ހާއްސަ ވުޒާރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އެ ދާއިރާ އަށް އެއްބާރުލުން ކުރިއަރުވަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި އެގޮތުން އަބަދު އެހެން މިނިސްޓްރީއެއްގެ ދަށުގައި […]
މުޙައްމަދު އަފްރާޙް
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ދޫކުރުމުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު މީހުންނަށް ލިޔުން ހަވާލުކޮށް ގޯތި ދޫކުރުމުގެ މަސައްކަތްތައް އަމާޒު ހިފާފައިވާ ތާރީހަށް ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިންތަކުގައި ބުނެފައި ވަނީ ސަރުކާރުން އިއުލާންކޮށްފައިވާ ތާރީހަށް ނިމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ގޯތި ދޫކުރުމާއި ގުޅޭ މަސައްކަތްތައް...
މުޙައްމަދު އަފްރާޙް
އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އަންހެނުންނަށް އެހީތެރިކަން ދިނުމަށް ވިޔަފާރިވެރިންގެ ކިބައިން އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވީހާ ވެސް ގިނަ އަންހެނުންނަށް ރައްޔިތުންގެ މަޖިލިހުން ފ...
މުޙައްމަދު އަފްރާޙް
ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި މިވަގުތު އެ ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހައި އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ. މި ހިނގާއޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އާންމުކުރި މި ލިސްޓާއި ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހައި އެންމެންގެ މަ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމްގެ ގޭ ބަންދަށް ދިން ލުޔާއެކު ޕާޓީ އޮފީހަށް ވަޑައިގެން ރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފިއެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކެންސަލްކޮށްފިއެވެ. މިއީ މި ޖަލްސާ ކެންސަލްކުރި ދެވަނަ ފަހަރެވެ. މި ޖަލްސާ އިއްޔެއަށް ވެސް ތާވަލު ކުރިއެވެ. ނަމަވެސް އިއްޔެ ވެސް މިޖަލްސާ ވަނީ ކުރިއަށްގެންދެވޭގޮތްނުވެ ކެންސަލްކޮށްފައެވެ. އިއްޔެ އާއި މިއަދުގެ ޖަލްސާ ވެސް ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހަށް ސަލާމ...
ޔުމްނާ ޢަލީ